ވިމެން އިން ޓެކް އިން ބާއްވާ "ސައިބާ ރައްކާ" ސެޝަން މި ހަފުތާ ބަންދުގައި ބާއްވަން ނިންމައިފިއެވެ.

"ސައިބާ ރައްކާ" ސެޝަނަކީ ވިމެން އިން ޓެކް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބާއްވާ ސެޝަނެކެވެ. އެ ސެޝަނުގެ މަގުސަދަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ އަމަލުތަކަށް މީހުން ހޭލުންތެރިކުރުވުމެވެ.

Ad
rt

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 8:30 ގައި ހ. ސަންލީޓުގައެވެ. އަދި ހޮނިހިރު ދުވަހުގެ 11:00 ގައި ވެސް ސަންލީޓުގައި ސެޝަނެއް ބާއްވާނެއެވެ.

ވިމެން އިން ޓެކްއިން ބުނެފައިވާ ގޮތުގައި މި ސެޝަންގައި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތާއި ސައިބާ ހަމަލާއަކުން ރައްކާތެރިވެވޭނެ ގޮތް ކިޔައިދޭނެ ކަމަށެވެ. އަދި ފައިނޭންޝިއަލް އެކައުންޓްތައް މޮނިޓާކުރުމުގެ މުހިންމުކަމާއި ސެކިއުރިޓީ ގޮތުން ވަރުގަދަ ޕާސްވޯޑު ޖަހަން ދަސްކޮށްދިނުމާއި ޕާސްވޯޑް ރައްކާތެރިކުރާނެ ގޮތްވެސް ކިޔައިދޭނެއެވެ.

މީގެ އިތުރުން އޮންލައިން ޕްރައިވެސީއާއި ސެކިއުރިޓިއާ ބެހޭގޮތުން ހޭލުންތެރިކުރުންވެސް ކުރިއަށްދާއިރު، ޕިޝިން ސްކޭމްތަކުން ރައްކާތެރިވެވޭނެ ގޮތް ކިޔައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"ސައިބާ ރައްކާ" ގެ ނަމުގައި ސެޝަންތަކެއް ބޭއްވުމަށް ވުމެން އިން ޓެކްއާ އުރީދޫ ގުޅިފައިވަނީ 2021 ވަނަ އަހަރުއެވެ.

ހޮނިހިރު ދުވަހު ބާއްވާ ސެޝަނަކީ އުރީދޫ އާއި ވިމެން އިން ޓެކް ގުޅިގެން ބާއްވާ ފުރަތަމަ ސެޝަނެވެ.