ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ހޯދައިފިއެވެ.

އަންހެން އަދި ފިރިހެނުންގެ ކެޓަގަރީގެތަކުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބުން ހޯދިއިރު މިއީ، ފިރިހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ޖެހިޖެހިގެން ހޯދި 5 ވަނަ ފަހަރެވެ.

Ad
rt

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފްވެރި ކޮށްދެއްވި މި ޙަފްލާގައި މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފް އާއި، ކޮމިޝަނަރ އޮފް ސްޕޯރޓްސް އަޙްމަދު ސަލީމްގެ އިތުރުން، ސްޕޯރޓްސް ކައުންސިލްގެ ރައީސް، އިބްރާޙީމް އިސްމާޢީލް ޢަލީ ވަނީ ބައިވެރިވެވަޑައިގަނެފައެވެ. އަދި، މި މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރު އަދި ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ދިވެހި ފެތުންތެރިންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭ ފެތުންތެރިންގެ ޕާރޓްނަރ، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑައިރެކްޓަރ އޮފް މާރކެޓިން، އައިޝަތު ޒަމްރާ ޒާހިރު އަދި ޑައިރެކްޓަރ އޮފް ބިޒްނަސް، ކުލްދިޕް ޕަލިވާލް ވަނީ ބައިވެރިވެ ވަޑައިގެން، އިނާމްތައް ބައްސަވައިދެއްވާފައެވެ. މި ހަފްލާ ބާއްވާފައިވަނީ ޖަމާލުއްދީން ސްކޫލްގައެވެ.

172 ފެތުންތެރިން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި ނޮވެމްބަރު މަހުގެ 16 ން 23 ގެ ނިޔަލަށެވެ.