މިދިޔަ އަހަރުގެ ނޮވެމްބަރު އެކަކުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެމްޓީސީސީގ “ކަށަވަރު ޕްރޮމޯ” ނިންމައި ނަސީވުވެރިއާ އަށް އިނާމު ހަވާލު ކޮށްފިއެވެ.

ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕްރޮމޯގެ ނަސީބުވެރި ފަރާތާ އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީްޯ އާދަމް އާޒިމްއެވެ. އެގޮތުން މި ޕްރޮމޯގެ ނަސީބުވެރި ފަރާތަކީ އއ. އުކުޅަސް، ޖަވާހިރުމާގޭ، ޙުސައިން ނަސީރު (އައިޑީ ނަންބަރު:
‏A007658) އެވެ.

Ad
rt

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ" އަކީ އޮޑިވެރިންކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއެކު ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓް ތަކަކީ، ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަ ޕާޓްސް އާއި ކާސްޓްރޯލް އަޑީތެލާއި ޕީޕީޖީ ކޯޓިންގްސް އާއި ސްކޮޓްބޭޑަރ ފައިބަރު ސާމާނާއި، މާރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތަކެވެ.

"ކަށަވަރު ޕްރޮމޯ 2022" ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ ގްރޭޓަ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުންވަނީ ޒިޔާރަތްކޮށްފައެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން، ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެ
ކުންފުނިން އަބަދުވެސް ހިންގަމުން އަންނަ ހަރަކާތްތަކެކެވެ.