ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑާއި ގޭމިން ކޯޑުތައް ގަނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލައި އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިން އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް، ކާރްތީ ސްޓޯރު މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.

Ad
rt

އުރީދޫން ބުނީ ކާރްތީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް އަދި ޕްރީޕެއިޑް ކަސްޓަމަރުންގެ މޯބައިލް ބެލެންސްގައި ހުރި އަދަދަކުން ކާރްތީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ބޭނުންވާ ގިފްޓް ކާޑް ހިޔާރު ކުރުނަށްފަހު ގައުމުގެ ގޮތުގައި މޯލްޑިވްސް ހިޔާރުކޮށް، މޯބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހިޔާރުކުރެވޭނެއެވެ. އަދި މޯބައިލް ނަންބަރު ޖެހުމަށްފަހު ޕާޗޭސް އަށް ފިއްތާލުމުން ޕާޗޭސް ފުރިހަމަ ކުރެވުނުކަން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެއެވެ.

މޯބައިލް ނަންބަރަށް އަންނަ ޕިން ނަންބަރު ޖަހައި ކޮންފާމަށް ފިތާލުމުން ޕިން ނަންބަރު ރަނގަޅަށް ޖެހުމަށްފަހު ގަތް ކާޑު "މައި ކާޑްސް" އިން ފެންނާނެއެވެ.

ކާރްތޯ ސްޓޯރަށް ސައިންއަޕް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް www. kartistore.com އަށް ޒިޔާރަތްކޮށް ރެޖިސްޓަ ކުރެވޭނެއެވެ.