އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގެ ގެތަކަަށް ޑަސްބިންތައް ހަދިޔާ ކޮށްފިއެވެ.
މި ޑަސްބިންތައް އެ ރަށުގެ ރައްޔިތުންނަށް ހަދިޔާ ކޮށްދެއްވީ އެ ރަށުގައި ބޭއްވި “ނަލަ ދުވާފަރު” ހަރަކާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
އެމްޑަބްލިއުއެސްސީން ހަދިޔާ ކޮށްފައިވާ މި ޑަސްބިންތަކަކީ ވަކިކޮށްފައި ކުނި އުކާލެވޭގޮތަށް ހުންނަ ޑަސްބިންތަކެކެވެ.
During MD Hassan Shah's speech at #NalaDhuvaafaru event, MD conveys his gratitude to Dhuvaafaru community for their continuous support and cooperation over the past years to effectively operate waste management services in the island. pic.twitter.com/OWp65aVgKV
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 6, 2023
މިއީ ދުވާފަރު ރައްޔިތުންނަށް ރައްކާތެރިކަމާއެކު ކުނި އުކާލުމުގައި އެއްބާރުލުން ދިނުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
Managing Director @hassanshaahu officially handed over waste segregation bins to Dhuvaafaru households during #NalaDhuvaafaru event
This initiative will facilitate residents of Dhuvaafaru to practice source segregation with ease & streamline waste management service by MWSC. pic.twitter.com/cMgoX1yvGF
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 6, 2023
އެމްޑަބްލިއުއެސްސީން އަންނަނީ އެ ކުންފުނިން ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަ ރަށްތަކުގައި ރައްކާތެރިކަމާއެކު ކުނި ވަކިކޮށްގެން ކުނި އުކާލުމަށް ބާރުއެޅުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!