މިފްކޯގެ ދެ ސައިޓުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯގެ ސައިޓުތަކުން ތެޔޮ ވިއްކުމަށް ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad
rt

އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއެވެ.

މިފްކޯއިން ކުރި ޓުވީޓެއްގައި ބުނީ އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިއްޔެއިން ފެށިގެން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްއިން މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކެސްއިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.