އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އާ އަހަރުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮކޯ ޓްރީސް، މީޓް ސްޓްރީޓް، ސެންޓްރަލް ޕާކް ކެފޭ އަދި ކްރޭޕް ރަނާ އިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ ޑިސްކައުންޓް އޮފާއެއް ތައާރަފްކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އައުޓްލެޓްތަކަށް ޒިޔާރަތްކުރާ ކްލަބް ޕްރިމިއާގެ ހުރިހާ މެންބަރުންނަށް މިއަދުން ފެށިގެން މާދަމާ ގެ ނިޔަލަށް 23 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

Ad
rt

މި އޮފާ އަކީ ކްލަބް ޕްރިމިއާ މެމްބަރުން އުރީދޫ މޯލްޑިވްސްއަށް ޒަމާނުއްސުރެ ކުރާ އިތުބާރާއި ވަފާތެރިކަމުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި 2022 ވަނަ އަހަރު ނިމުމުގެ އުފާ ފާޅުކޮށް، ރައްޓެހިންނާއި އާއިލާއާ އެކު އާ އަހަރަކަށް މަރުހަބާ ކިޔަމުން އަންނަ އިރު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ދޭ ހަދިޔާ އެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ސެންޓްރަލް ޕާކް ކެފޭ:

ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސެންޓްރަލް ޕާކް ކެފޭއިން ހޯމް ސްޓައިލްގެ ރަހަ މީރު ތަފާތު ވައްތަރުގެ ކެއުންތައް ހެޔޮ އަގެއްގައި ގެނެސްދިނުމަކީ އެ ރެސްޓޯރަންޓްގެ ވައުދެކެވެ. ގިނަ އަދަދެއްގެ ކެއުންތަކާއި އަރާމު މާހައުލަކާއެކު މި ކެފޭއަކީ ލޯބިވާ މީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރަން ވަރަށް ފުރިހަމަ ކެފޭއެކެވެ.

ލޮކޭޝަން: ކިމްބިންގަސް މަގު - 01 ގޯޅި، ހުޅުމާލެ ފޭސް 1

މީޓް ސްޓްރީޓް:

މީޓް ސްޓްރީޓަކީ މަހުގެ އެކި ބާވަތްތަކަށް ލޯބިކުރާ އެންމެންނަށް ވެސް ކެއުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެ ރެސްޓޯރަންޓެކެވެ. މީޓް ސްޓްރީޓުން އާ އަހަރާ ދިމާކޮށް ތަފާތު ހަތަރު ކަބާބް ސްޕެޝަލްއާއެކު ހާއްސަ ކަބާބް ނައިޓެއް ބާއްވަންވަނީ ހަމަޖެހިފައެވެ.

ތަން: 10397، އަހިގަސް މަގު ހުޅުމާލެ ފޭސް 1

ކްރެޕެ ރަނާ:

ރައްޓެހިންނާއި އާއިލާއާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނާއި ލުއި ނަމަވެސް ރަހަމީރު ކާއެއްޗެއް ބޭނުންނަމަ ކްރެޕޭ ރަނާއަކީ ދާން ޖެހޭ ތަނެކެވެ. ސްރީލަންކާގެ އުފެއްދުމެއް ކަމައްވާ ކްރެޕޭ ރަނާ މަޝްހޫރުވެފައި ވަނީ އެންމެ ރަހަ މީރު ތަފާތު ވައްތަރު ގެ ފޮނި އަދި ކުޅި ކެރެޕޭ ތައްޔާރު ކުރާ ތަނެއްގެ ގޮތުގައެވެ.

ލޮކޭޝަން: ބޮޑުތަކުރުފާނު މަގު މާލެ

ކޮކޯ ޓްރީސް:
ކޮކޯ ޓްރީސް އަކީ ދުނިޔޭގެ އެންމެ މަގުބޫލުކަން ހޯދާފައިވާ ޗޮކްލެޓް ބްރޭންޑްތައް ލިބޭ ޗޮކްލެޓަށް ލޯބިކުރާ މީހުންނަށް ހާއްސަ ފިހާރައެކެވެ. އާއިލާ އާއި ރައްޓެހިންނަށް ޝުކުރު އަދާކޮށް އާ އަހަރުގެ ތަހުނިޔާ ކިޔަން ބޭނުންވާ ކްލަބް ޕްރީމިއާ މެމްބަރުންނަށް ކޮކޯ ޓްރީސް އަށް ޒިޔާރަތްކޮށް ހުރިހާ އައިޓަމަކުން 23 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

ތަން: ހ. އާގަދާގޭ ގްރައުންޑް ފްލޯ، ބޮޑުތަކުރުފާނު މަގު، މާލެ، މޯލްޑިވްސް

ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ.

ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.