ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއަރ ގައި ރާއްޖެއަށް "ރަން މެޑެލް" ލިބިއްޖެ އެވެ.

މި މުބާރާތުގައި ރާއްޖެއަށް ރަން މެޑެލް ހޯދައިދިނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އިން ނެވެ.

Ad
rt

ސަރަހައްދީ މުބާރާތަކުން ރާއްޖެއަށް ވޮލީބޯޅައި ގައި ލިބުނު ފުރަތަމަ ރަން މެޑެލް ލިބުނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗު ކާމިޔާބު ކޮށްގެން ނެވެ.

މި މެޗުގައި ރާއްޖޭގެ ޕެއާ ނުކުތީ ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ ދެކޮޅަށެވެ. އެ ގައުމުގެ އެއް ވަނަ ޕެއާ، އާ ވާދަކޮށް ރާއްޖެއިން މި ފަޚުރުވެރި ވަނަ ހޯދީ 21-13 އަދި 21-19 އިން ސެޓުތައް ކާމިޔާބުކޮށްގެން ނެވެ.

މި މުބާރާތުގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫއާއި ޒީންބެކް އޫލޫއާ ދެކޮޅަށެވެ. މި މެޗު ރާއްޖެއިން ކާމިޔާބު ކުރި ދެ ސެޓު ވެސް ގެނެސްފައިވަނީ 12-21 އިން ނެވެ.

ދެވަނަ މެޗުގައި ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށް ކުޅުނުއިރު، މި މެޗު ވެސް ފަސޭހަކަމާއެކު 21-09 އަދި 21-09 އިން ކާމިޔާބު ކުރީ ރާއްޖެ އެވެ.

ސެމީ ފައިނަލުން ޖާގަ ހޯދީ ރާއްޖޭން ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން ނެވެ. އަދި ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިކުރުމަށްފަހު އެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖޭގެ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ވެސް ވަނީ ބައިވެރިވެފައެވެ. މި ޕެއާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ނޫރު ނަބީއާއި ޝައިފުއްދީންގެ ޕެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރުއާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ ބަލިވެފަ އެވެ.