މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށް މިއަހަރުވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑް 2019 ގެ ޓައިޓްލް ސްޕޮންސަރަކަށް ވުމަށް އެސްޓީއޯ އާއި އެވޯޑް އިންތިޒާމް ކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
We are thrilled to be the Title sponsor of Maldives Business Awards 2019 which is organized by @BlazonMV pic.twitter.com/Fpa3kFbSHi
— STO (@stoplc) November 19, 2019
މިއަދު ހެނދުނު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހު އެވެ.
ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހަސަން އަބްދުﷲ ހިލްމީ އެވެ.
މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018 ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!