އެލައިޑް އިންޝުއަރަންސްގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން މި އަހަރު ތައާރަފު ކުރި ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަނަލް ފަންޑު ލިބޭ ފަރާތްތައް އިއުލާނުކޮށްފިއެވެ.
މި ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަމާއި، އިޖުތިމާއީ ހިދުމަތާއި، ތިމާވެށި ރައްކާތެރިކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮބަދަލުތަކެއް ގެނައުމަށް ޖަމިއްޔާތަކުން ރާވައިގެން ހިންގާ ޕްރޮޖެކްޓުތަކަށް މި ފަންޑުން އެހީ ފޯރުކޮށްދޭނެއެވެ.
އެލައިޑުން ބުނެފައިވާ ގޮތުގައި މި ފަންޑަށް ހޮވާފައިވާނީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި މުޖުތަމައަށް ފައިދާކުރުވަނިވި ޕްރޮޖެކްޓުތަކެވެ. އެގޮތުން މި ފަހަރުގެ ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޖުމުލަ ހަތަރު ޕްރޮޖެކްޓެއް ހޮވާފައިވާއިރު އެއިން ކޮންމެ ޕްރޮޖެކްޓަކަށްވެސް 50،000 ރުފިޔާގެ އެހީ ދޭނެއެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ލިބޭ ޕްރޮޖެކްޓުތައް:
* ގއ. ކޮނޑޭ، ކިއްސަރު ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓް "ރައްކާތެރި ބޯފެން އެންމެނަށް"
* ގދ. ހޯޑެއްދޫ، ހޯޑެއްދޫ ސްޕޯޓްސް ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓް "އޮޅަމައްތާ އީކޯ ޕާކް"
* ބ. އޭދަފުށި، ފައުންޑޭޝަން އޮފް އޭދަފުށި ޔޫތް ލިންކޭޖް އިން ކުރިއަށްގެންދާ ޕްރޮޖެކްޓް "ބ. އަތޮޅު ސްކޫލްގެ ސެން ކްލާސް އަދި ޕްރީސްކޫލް ކްލާސްތައް ތަރައްގީކުރުން"
* ރ. ކިނޮޅަސް، ޖަމިއްޔަތުލް އިލްތިހާދް އިން ކުރިއަށްގެންދާ ޕްރޮޖެކްޓް "ޤުރްއާން ކުލާހެއް އެޅުން"
އެލައިޑް އެޑިއުކޭޝަން ފަންޑަކީ އެލައިޑް ޕްރިމިއަމް ފޯ ގުޑް އޮނިގަނޑަށް އަލަށް އިތުރުކުރި ދެވަނަ ޕްރޮގްރާމެވެ. މިއީ ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުކުރި ބޮޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ފަސް ދާއިރާއަކުން މި ފަންޑު ދޭއިރު އޭގެ ތެރޭގައި ސްކޫލްތަކުގެ ލައިބްރަރީ، ޓީޗިން ސްކޫލް، ލެބޯޓަރީ، ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ފަންޑިންއަށް އެދުމަށް އެލައިޑުން ސަރުކާރުގެ ހުރިހާ ސްކޫލަކަށް ހުޅުވާލިއެވެ. މި ފަހަރުގެ އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވަނީ އަށް ސްކޫލަކުން ހިންގާ ޕްރޮޖެކްޓްތަކަށެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކަށްވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެއެވެ.
އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވާ ސްކޫލުތަކާއި ޕްރޮޖެކްތައް
* ހއ. ބާރަށު ސްކޫލް، ރީޑާސް ޕާކެއް ތަރައްގީކުރުން
* ބ. ހިތާދޫ ސްކޫލް، ލައިބްރަރީ އަޕްގްރޭޑިން ޕްރޮޖެކްޓް
* ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލައިބްރަރީއަށް ފޮތް ގަތުން
* ރ. ހުޅުދުއްފާރު ސްކޫލް، ކްލާސްތަކުގެ ރީޑިން ކޯނާ ހެދުން
* ބ. ދަރަވަންދޫ، ބ އަަތޮޅު ސްކޫލް، ލައިބްރަރީއެއް ގާއިމްކުރުން
* ށ. ފީވަކު ސްކޫލް، އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކުރުން
* ގއ. ކޮނޑޭ ސްކޫލް، އައުޓްޑޯ ލާނިން ޕްރޮޖެކްޓް
* ލ. މާބައިދޫ، ލ އަތޮޅު ސްކޫލް، ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!