ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެކްސަސް ނެރު ފުންކުރުމުގެ މަސައްކަތާއި، އެކްސަސް މަގު ސާފު ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މީގެ އިތުރުން، ޑީޕް ސްޓްރިޕް ފައުންޑޭޝަން މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، ސްޓޯރޭޖް ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މިއީ 10.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.