ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތައް ބަލައި ފާސްކުރުމުގެ ސާވޭއެއް ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ، މި ސާވޭގެ ދަށުން އެ ޔުނިޓުތަކުގައި އެއްބަސްވުމާ ޚިލާފު އެއްވެސް މަސައްކަތެއް ކުރޭތޯ އާއި، ޔުނިޓު ހިންގަމުންދަނީ ދޫކޮށްފައިވާ ބޭނުމަށްތޯ ބަލާނެ ކަމަށެވެ.
މި ސާވޭގައި އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން ފާސްކޮށްފައިވަނީ ހުޅުމާލޭ ރަށު މާރުކޭޓް ސަރަހައްދާއި ގަރާޖުތައް ހުންނަ ސަރަހައްދެވެ.
އެ ކޯޕަރޭޝަނުން ބުނީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާ ސާވޭއެއް ކަމަށާއި މި ސާވޭގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކުރުމަށް ޔުނިޓްތަކުގެ ވެރިންނަށް އަންގަމުންދާނެ ކަމަށެވެ.
ކޮމާޝަލް ޔުނިޓްތަކަކީ ވިޔަފާރިތައް ތަރައްގީކޮށް ކުރިއަރުވައި އާންމު ގިނަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމަށް އެޗްޑީސީއިން ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!