ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރާނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށެވެ.
މީގެއިތުރުން ހަލާކުވެފައި ހުރި އުޅަނދުތަކާއި ސުން ބޯޑު އަޅުވާފައި ހުންނަ އުޅަނދުތައް ވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ޓޯ ކުރާނެ ކަމަށް ބުނެފައިވެއެވެ.
ހުޅުމާލޭގައި ޕާކިން މައްސަލަ ހައްލު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ޕާކިން އިމާރާތެއް އެޅުމަށް ވެސް ބަޔަކާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!