މޯބައިލް ޕޭ އިން ފައިސާ ދައްކައިގެން އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފިއެވެ.
ބެންކް އޮފް މޯލްޑިވްސްގެ މޯބައިލް ޕޭ ކަސްޓަމަރުންނާއި މާޗަންޓުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ސްކޭން ޓު ޕޭ" ޕްރޮމޯޝަނުގައި ކިޔުއާރު ކޯޑު ސްކޭން ކޮށްގެން އަދި ލިންކު ބޭނުންކޮށްގެން ފައިސާ ދައްކާ ތިން ކަސްޓަމަރުންނަށާއި ތިން މާޗަންޓުންނަށް ހާއްސަ އިނާމުތަކެއް ދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުުރާ ހުރިހާ މާޗަންޓުންނަށް ހުޅުވާލެވިފައި ވާއިރު އިނާމުގެ ގޮތުގައި 30،000 ރުފިޔާ، 20،000 ރުފިޔާ އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ނިންމާފައިވާ ކަމަށާއި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރުންނަށާއި މާޗަންޓުންނަށް 1000 ރުފިޔާ ވެސް ދޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
Use BML MobilePay and WIN UP TO MVR 100,000 with #ScanToPay and #PayByLink!
View details here: https://t.co/WcMeAJAJ9f pic.twitter.com/kRYLQm4Oyn
— Bank of Maldives (@bankofmaldives) November 17, 2019
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުުރާ ހުރިހާ މާޗަންޓުންނަށް ވަނީ ހުޅުވާލެވިފަ އެވެ.ޕްރޮމޯޝަން ކުރިޔަށް ދާނީ 17 ޖަނަވަރީ 2020 ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!