އުރީދޫ ފުޓްބޯލް ފޯރި ކެމްޕޭނުގެ ދަށުން ހާއްސަ މިއުޒިކް ޝޯއެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

އުރީދޫއިން ބުނީ މި މިއުޒިކް ޝޯ އޮންނާނީ މިރޭ 10:00 ގައި އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯންއެވެ.

Ad
rt

މި ޝޯ ބާއްވަނީ މިރޭ ބައްދަލު ކުރާ އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗުގެ ފޯރި ގަދަ ކުރުމަށެވެ. އާޖެންޓީނާގެ މެޗުތަކުގައި އާއްމުކޮށް އުރީދޫ ފޭން ޒޯންތަކުގައި ފޯރި ވަރަށް ގަދަވެއެވެ.

މިރޭ ބާއްވާ ޝޯގައި މިއުޒިކް ހަރަކާތްތައް ގެނެސްދޭނީ ހަބޭސް ބޮޑުބެރު ގްރޫޕުންނެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ކުންފުނިން ވަނީ ފޭން ޒޯންތައް ހަދައިފައެވެ.

ވޯލްޑް ކަޕާ ގުޅުވާ އުރީދޫން އިފްތިތާހުކުރި 213 ފޭން ޒޯނަކީ ކައުންސިލްތަކާއި ވިޔަފާރިތަކާއި ޖަމިއްޔާތައް ގުުޅިގެން ހަދާފައިވާ ތަންތަނެވެ. މި ފޭން ޒޯންތައް ގާއިމްކުރަން މި ތަންތަން ހެދުމުގައި އުރީދޫއާ ބައިވެރިވެފައިވަނީ، މީޑިއާނެޓް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް، މާލެ ސިޓީ ކައުންސިލް، ރަށު ކައުންސިލްތައް، ކެފޭތައް އަދި ޒުވާނުން ބާރުވެރި ކުރާ ޖަމިއްޔާތަކެވެ.

ގަތަރުގެ އުރީދޫ ގްރޫޕަކީ، ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގެ ޕާޓްނަރެކެވެ.