އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ މިނީ ބަހުގެ ޚިދުމަތް ދޭ އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ ދެ ބަސް ހުއްޓިއެއް އުނިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުނި ކުރާ ބަސް ހުއްޓިތަކުގެ ތެރޭގައި ހިމެނެނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ވެސްޓްޕާކް ބަސް ހުއްޓިއާއި މަޖީދީ މަގުގައި ހުންނަ ސޯޝަލް ސެންޓަރު ބަސް ހުއްޓިއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/tFpoox3clV
— MTCC Plc (@MTCCPlc) December 8, 2022
މީގެ އިތުރުން ހަތަރު ބަސް ހުއްޓިއެއް އިތުރު ކުރުމަށްވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ.
މީގެ ތެރޭގައި ހިމެނެނީ:
ބޮޑުތަކުރުފާނު މަގު، ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި
ކަނބާއައިސަރަނި ހިނގުން، ސޯޝަލް ސެންޓަރު ބަސް ހުއްޓި
ކަނބާއައިސަރަނި ހިނގުން، އައިޖީއެމްއެޗް ބަސް ހުއްޓި
އަމީނީމަގު، މާފަންނު ފެރީ ޓާމިނަލް ބަސް ހުއްޓި
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!