ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފިއެވެ.

ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ. މާމިގިލީ ސިއްހީ މަރުކަޒު ހިމެނެއެވެ.

Ad
rt

ހެލްތް ކިޓުތައް ބެހުމަށް ހަމަޖެހިފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑިކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރާ ހެލްތް ކިޓްތަކުގައި ސްޓެތެސްކޯޕާއި، ޑިޖިޓަލް ސްފިގްމާނޯމީޓަރާއި، ޕަލްސް އޮކްސިމީޓަރާއި، އޮޓޮސްކޯޕާއި، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒަ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިންމު އާލާތްތަށް ހިމެނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫއިން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ދެނެގަނެ، މި ކިޓުތައް ހަދިޔާކޮށް، ސިއްހީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

“ހއ އަދި ހދ އަތޮޅުގެ ހުރިހާ ޞިއްޙީ މަރުކަޒުތައް ހިމެނޭގޮތަށް 28 ޞިއްޙީ މަރުކަޒަކަށް މިހާރު އަޅުގަނޑުމެން ވަނީ ހެލްތް ކިޓް ފޯރުކޮށްދީފައި. އަދި ކުރިއަށް އިތް ތަނުގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒް ވިދާޅުވިއެވެ.

ޕެންޑެމިކްއަށް ފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައިވާތީ، އުރީދޫ މޯލްޑިވްސްއިން ވަނީ 2022 ވަނަ އަހަރުގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި ހެލްތް އެންޑް ވެލްނެސް އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މުހިންމުކަމެއް ދީފައެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށްވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ އުރީދޫ ކަލަ ރަން "އަޕްގްރޭޑް ޔޯ ވޯލްޑް" ކެމްޕެއިންގެ ދަށުން މިއަހަރު ވަނީ އުރީދޫ ފަން ރަންއަށް ބަދަލުކޮށް، ކޮންމެ 1 ކިލޯމީޓަރުގެ ސްޓޭޝަނުން ކުލަ ޖެހުމުގެ އިތުރުން މަޖާ އޮބްސްޓެކަލްތަކާއި ފެނާއި ފޯމް ހިމެނޭ އެންމެ އުފާވެރި 5ކޭ ރަންގެ ގޮތުގައި އަޕްގްރޭޑްކޮށްފައެވެ. މި އަޕްގްރޭޑަކީ ދުވުން އިތުރަށް މަޖާކޮށް، ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ.

2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން، ކޮވިޑް-19އާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފައެވެ. ހަމަަ އެއާާ އެކު، ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައެވެ.

މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ ކާރިސާގެ ވަގުތުތަކުގައި، ޑިޖިޓަލް ޒަރިއްޔާާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކާ ގުޅުވާލަދޭ، މުހިންމު މައުލޫމާތުތައް ލިބިގަތުން ފަހި ކޮށްދީ، ގޮންޖެހުންތަކުން އަރައި ގަތުމަށް މަގު ފަހިކޮށްދޭ ގާތް ބައިވެރިއެކެވެ.

އުރީދޫގެ ތަސައްވުރާާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ކުންފުނީގެ ޕްލެޓްފޯމްތަކާއި ވަސީލަތްތަކުގެ އެހީގައި، އީޖާދީ ހައްލުތަކާއެކު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން އަރުވައެވެ.