ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ "ފުޓުބޯޅަ ފޯރީގެ" ހަރަކާތްތަކުގެ ތެރެއިން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އުރީދޫގެ މި ހަވީރުގައި އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ބައިވެރިވާނެއެވެ.
މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯނުގައެވެ.
މި ހަރަކާތުގައު ކުޑަކުދިންނަށް ހާއްސަކޮށް ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި މިނީ ގޯލު ޝޫޓާއި، ހެޑިން ޗެލެންޖާއި، ޕެނަލްޓީ ޝޫޓް އަދި 2 އޮން 2 ޗެލެންޖު ހިމެެނެއެވެ.
އުރީދޫން ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް ފޭން ޒޯނުތައް ހަދައި އެތަންތަނުގައި ތަފާތު ހަރަކާތްތައް އަންނަނީ ރާވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!