އެސްޓީއޯއިން ވިއްކަމުން އަންނަ ނިޕޯން ޕެއިންޓަށް ހާއްސަ “އެކުލަ މިކުލަ” ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހުއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް،އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ލ ފޮނަދޫ ފިހާރައިގައެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 29 ގެ ނިޔަލަށެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި ނިޕޯންގެ ކޮންމެ އުފެއްދުމަކުން 8 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މީގެ އިތުރުން ނިޕޯންގެ އުފެއްދުމުގެ ކޮންމެ ވިޔަފާރިއަކާއެކު 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭ ކޫޕަނެއް ވެސް ލިބޭނެއެވެ. މި ކޫޕަން ދެން ކުރާ ވިޔަފާރިއަކަށް ބޭނުންކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!