ވޯލްޑްކަޕް މެޗުތައް ބަލަން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ކޮފީ

C46B3745-E509-4FAA-A4F9-EF529AD24F85

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވޯލްޑްކަޕްގެ މެޗުތައް ބަލާ ވަގުތު ހިލޭ ކޮފީ ލިބޭ ގޮތް އެ ކުންފުނިން ހަދައިފިއެވެ.

އުރީދޫއިން ބުނީ ވޯލްޑްކަޕް މެޗުތައް ކުރިއަށްދާ ވަގުތު، ދެ ކެފޭއަކުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ކޮފީ ލިބޭނެ ކަމަަށެވެ. އެއީ ހުޅުމާލޭގައި ހުންނަ ރިއޯ ބީޗް ކެފޭ އާއި މާލޭގައި ހުންނަ ސީހައުސް ރެސްޓޯރަންޓެވެ.

މި ދެ ތަނުން ހިލޭ ކޮފީ ލިވޭނީ ކްލަބް ޕްރިމިއާ މެންބަޝިޕް ކާޑް ދެއްކުމުންނެވެ.

މި އޮފާ ވޯލްޑްކަޕްގެ މެޗްތައް ނިމެން ދެން ކުރިއަށްދާނެ ކަމަށް އުރީދޫން ބުންޏެވެ.

ހިލޭ ކޮފީ ހޯދުމަށް އުރީދޫ ކްލަބް ޕްރިމިއާގެ ކޮންމެ ކާޑެއްވެސް ބޭނުން ކުރެވިދާނެއެވެ. އެ ގޮތުން ކްލަބް ޕްރިމިއާ ގޯލްޑް، ސިލްވާ އަދި ޕަލެޓިނަމް ކާޑު ބޭނުން ކޮށްގެން ހިލޭ ކޮފީ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އުރީދޫއިން އަންނަނީ ވޯލްޑްކަޕާ ދިމާކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް ވޯލްޑް ކަޕާ ގުޅޭ ތަފާތު ކަންތައްތައް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި