ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ވާދަ ކުރާ އެމެރިކާ އާއި އިރާނުގެ މެޗަކީ ދުނިޔޭގެ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ މެޗަކަށް ވާއިރު، އެމެރިކާގެ ގައުމީ ޓީމުން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓަކާއި އެކު މަޝްރަޙު އިތުރަށް ގޯސްވެއްޖެ އެވެ.

މިމަހުގެ 30 ވާ ބުދަ ދުވަހުގެ 00:00 ގައި އަލް ތޫމާމާ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗަށް ދެގައުމުންވެސް ތައްޔާރުވަމުން އަންނައިރު ދެ ގައުމަށް ވެސް ދެވަނަ ބުރަށް ކޮލިފައިވަށް މިމެޗަކީ މުހިންމު މެޗެކެވެ.

Ad
rt

އިރާނާއި އަބަދުވެސް ވާދަވެރި އެމެރިކާ ބައްދަލު ކުރާ މިމެޗު އިންތިހާއަށް ހޫނުވެގެން ދާނެކަމަށް ގިނަބަޔަކު ދެކެއެވެ. ދަނޑުބޭރުގައި ހިނގާ ކަންކަމުންވެސް މެޗުގެ ފޯރި އިތުރަށް ގަދަވާނެކަމަށް ބެލެވެއެވެ. މީޑިޔާގައި މިހާރުވެސް މިމެޗުގެ ފޯރި ވަރަށް ގަދަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން މިހާރު ކެމްޕޭން ކުރަމުންދަނީ ވޯލްޑްކަޕުން އެމެރިކާ އެކީ ވަކިކުރުމަށް ކުރެވޭ ބޮޑު ކެމްޕޭނެކެވެ. މިކެންޕޭން ފެށީ، އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިރާނުގެ ދިދައިން ﷲ ގެ އިސްމުފުޅު އުނިކޮށް ދިދައަށް ބަދަލު ގެނެސް ފައިވާތީ އެވެ. ގްރޫޕް ސްޓޭޖް މެޗުތައް ދައްކުވައިދޭ ޓޭބަލެއްގައި އީރާނުގެ ދިދަ އިން ފެންނަނީ ހަމައެކަނި ފެހި، ހުދު އަދި ރަތްކުލައިގެ ބައި އެކަންޏެވެ. ކުލަތައް ފައްތަރުވާ ހިސާބުގައި ހުދު ކުލައިން 11 ފަހަރު ލިޔެފައިވާ ٱللَّٰهُ أَكْبَرُ ތަކުބީރުވެސް ވަނީ ފޮހެލާފަ އެވެ.

ޓުވިޓަރގެ އިތުރުން ފޭސްބުކް އަދި އިންސްޓަގްރާމް ޕޯސްޓްތަކުގައި ވެސް ހަމަ އެޕޯސްޓް ކުރި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. ނަމަވެސް މައްސަލަ ހޫނު ވުމުން، އީރާނުގެ އަސްލު ދިދަ ވަނީ 24 ގަޑިއިރުފަހުން ޕޯސްޓްތަކުގައި ހިމަނާފަ އެވެ.

އެމެރިކާގެ ފެޑެރޭޝަނާ ހަވާލާދީ އީއެސްޕީއެން ގައި ރިޕޯޓުކޮށްފައިވާގޮތުގައި އެގޮތަށް ކަންތައްކުރީ، އީރާނުގެ އަންހެނުންނަށް އެމެރިކާއިން ކުރާ ތާއީދު ދައްކާށެވެ. އެއީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވި ފަހުން އެގައުމުގައި އުފެދިފައިވާ މުޒާހަރާތަކުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

މިކަމާއި ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ލީގަލް އެޑްވައިޒަރު ފީފާއަށް ރަސްމީ ޝަކުވާއެއް ހުށަހަޅަމުންދާ ކަމަށް ޓެލެގްރާފް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުގައި ހުންނަ ތަސްނީމް ނިއުސް އެޖެންސީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ފުޓްބޯޅަ ޓީމުން ފީފާގެ ގަވާއިދުތަކާއި ހިލާފުވެފައިވާތީ އެކަމަށް 10 މެޗުގެ ސަސްޕެންޝަނަކީ އެކަށީގެންވާ އަދަބެއްކަމަށް އިނާނުން ދެކޭކަމަށް ބުނެފައިވެއެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ލީގަލް އެޑްވައިޒަރު ބުނެފައިވަނީ، މެދުއިރުމަތީގެ ގައުމުގެ ދިދައަށް އެމެރިކާއިން ގަސްތުގައި އިހުތިރާމް ކުޑަކޮށްފައިވާ ކަމަށާއި ޤައުމެއްގެ ދިދައަށް އިޙްތިރާމް ކުރުމަކީ އެހެން ހުރިހާ ޤައުމުތަކުންވެސް ނަމޫނާ ދައްކަންޖެހޭ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ޢަމަލެއް ކަމަށެވެ. އީރާނުގެ ދިދައާ ގުޅިގެން ހިންގާ އަމަލަކީ އަޚްލާޤާ ޚިލާފު އަދި ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފު ޢަމަލެއްކަމަށެވެ.

“އެމީހުންގެ ޒިންމާ ނަގަން ޖެހޭނީ. ސާފުކޮށް އެނގޭ ގޮތުގައި އެމީހުން ބޭނުންވަނީ މިކަންކޮށްގެން އެމެރިކާއާ ދެކޮޅަށް އީރާނުގެ ކުޅުމަށް އަސަރުކުރަން.”

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ލީގަލް އެޑްވައިޒަރު ބުނެފައިވެއެވެ.

މިމައްސަލާއި އެކު ގިނަބަޔަކު އަންނަނީ އެމެރިކާގެ މިއަމަލު ކުއްވެރިކުރަމުންނެވެ. އެގޮތުން "ނަސްލީ ތަފާތުކުރުންތަކުގެ ސުލޫކު" އަށް ހަރުކަށި އަދަބުތަކެއް ދިނުމަށް އަންނަނީ ގޮވާލަމުންނެވެ.

ފީފާގެ "ނަސްލީ ތަފާތުކުރުންތަކުގެ ސުލޫކު" ގައިޑްލައިންގައި ވާގޮތުން “ގައުމެއްގެ، މީހެއްގެ ނުވަތަ ބައެއްގެ ކަރާމާތަށް ނުވަތަ ނަޒާހަތްތެރިކަމަށް ފުރައްސާރަކުރާ، ތަފާތުކުރުމުގެ ނުވަތަ ފުރައްސާރަކުރާ ބަސްތަކެއް ނުވަތަ އަމަލުތަކެއް (ކޮންމެ ގޮތަކުންވެސް) ގެ ސަބަބުން ނަސްލާއި ހަމުގެ ކުލައާއި، ނަސްލީ، ގައުމީ ނުވަތަ އިޖުތިމާއީ އަސްލު، ޖިންސް، ނުކުޅެދުންތެރިކަން، ބަސް، ދީން، ސިޔާސީ ޚިޔާލު، މުއްސަނދިކަން، އުފަންވުން ނުވަތަ އެނޫންވެސް ހައިސިއްޔަތެއް ނުވަތަ އެނޫންވެސް ސަބަބެއް، ހިމެނޭ ކަމެއްކޮށްފި ނަމަ މަދުވެގެން ދިހަ މެޗަށް ނުވަތަ ވަކި މުއްދަތަކަށް ދެމިގެންދާ ސަސްޕެންޝަނަކާއެކު ދަތިކުރުމުގެ ފިޔަވަޅު އަޅަންވާނެ ކަމަށެވެ. ނުވަތަ އެނޫންވެސް އެކަށީގެންވާ ޑިސިޕްލިނަރީ ފިޔަވަޅެއް އެޅިދާނެކަމަށެވެ.

މިހާރު އިރާންގައި ބޭނުންކުރަމުންދާ ދިދަ ބޭނުން ކުރަން ފެށީ، 1979 ވަނަ އަހަރު އީރާނަށް އައި އިންގިލާބަށްފަހު 29 ޖުލައި 1980 ގައެވެ.