ފުޓްބޯޅައިގައި އޭޝިޔާގެ އެންމެ ކާމިޔާބު އެއްޤައުމު ކަމަށްވާ ޖަޕާން އެންމެ ފުރަތަމަ ވޯލްޑްކަޕްގައި ވާދަކުރީ 1998 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން ޖަޕާން ވާދަކުރާ ހަތްވަނަ ވޯލްޑް ކަޕެވެ. އޭޝިޔާގެ އުއްމީދާއި ގުޅިފައިވާ ޖަޕާނަކީ ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބު ޤައުމެކެވެ. ވޯލްޑްކަޕް ކާމިޔާބުކުރެވިފައި ނެތްނަމަވެސް އެޓީމްވަނީ 2002 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަބުރާއި ހަމައަށް ގޮސްފައެވެ. މީގެ އިތުރުން އެޓީމު ވަނީ ސަރަހައްދީ މުބާރާތް “އޭޝިއަން ކަޕް” ހަތަރު ފަހަރު ހޯދައި އެންމެ ގިނައިން އެ މުބާރާތް ކާމިޔާބު ކުރި އޭޝިޔާގެ ޓީމަށް ވެފައެވެ. މީގެ އިތުރުން 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ދެވަނަ މަޤާމްވެސް ޖަޕާން ވަނީ ހޯދާފައެވެ.
ކޮލިފައިވީ ގޮތް
ޖަޕާން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އޭއެފްސީ ކޮލިފައިން ތިންވަނަ ބުރުގެ ގުތޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޖަޕާނަށް ދެވަނަ ލިބުނީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށް، އެއް މެޗުން އެއްވަރުވެ، ދެ މެޗުން ބަލިވެ ޖުމުލަ 22 ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕގެ އެއްވަނަ ހޯދީ ސައުދީ އަރަބިއާއިންނެވެ. އެޓީމަށް އެއްވަނަ ލިބުނީ ޖަޕާނަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން 23 ޕޮއިންޓާއި އެކުގައެވެ.
މުހިންމު ކުޅުންތެރިން
ޓަކޫމީ މިނަމީނޯ

ޖަޕާނުގެ ޔޫތް ޓީމަށް ކުޅުމަށް ފަހު އުމުރުން 27 އަހަރުގެ މިޑްފީލަޑަރު މިނަމީނޯ ޖަޕާންގެ ސީނިއަރ ގައުމީޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުގައެވެ. މިނަމީނޯ ފުޓްބޯޅަ ކެރިއަރު ފެށީ 2012 ސެރެޒޯ އޮސާކާއިންނެވެ. ސެރެޒޯ އޮސާކާގައި ތިން އަހަރު ހޭދަކުރުމަށް ފަހު މިނަމީނޯ ޖަރުމަންގެ ރެޑްބުލް ސާލްބާގަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. އެޓީމުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު 2019 ވަނަ އަހަރު އިނގިރެސި ކުލަބު ލިވަޕޫލަށް އޭނާ ބަދަލުވިއެވެ. މިނަމީނޯ މިހާރު ކުޅުމެނުން އަންނަނީ ފްރާންސްގެ މޮނާކޯއަށެވެ. އޭނާ މޮނާކޯއަށް ބަދަލުވީ މި އަހަރުގައެވެ. މިނަމީނޯ ވަނީ ޖަޕާން ޓީމަށް މިހާތަނަށް ކުޅެދިން 43 މެޗުގައި 17 ގޯލު ޖަހައިދީފައެވެ.
ޓަކެހީރޯ ޓޮމިޔާސޫ

އިނގިރޭސި ކުލަބް އާސެނަލްގެ ޑިފެންޑަރ ޓޮމިޔާސޫއަކީ މިވަގުތު ޖަޕާން ޓީމުގައި ހިމެނޭނެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. 2018 ވަނަ އަހަރު ޖަޕާންގެ ގައުމީޓީމަށް ކުޅެން ފެށި ޓިމިޔާސޫ ވަނީ މީގެ ކުރިން އިޓަލީގެ ބޮޅޮނާއަށްވެސް ކުޅެފައެވެ. 2019 ވަނަ އހަރު އޭއެފްސީ އޭސިއަން ކަޕްގެ ފައިނަލަށް ޖަޕާން ގެންގޮސްދުމުގައި މުހިންމު ދައުރެއް އަދާކުރި ޓިމިޔަސޫވަނީ މިހާތަނަށް ޖަޕާން ޓީމަށް ކުޅެދިން 29 މެޗުގައި އެއް ގޯލު ޖަހައިފައެވެ.
ކޯޗު

ހާސިމޯ މޮރިޔާސޫ ޖަޕާން ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. ޖަޕާނުގެ ގައުމީ ޖާޒީގައިވެސް ކުޅެ އެޓީމާއި އެކު1992 ވަނަ އހަރުގެ އޭސިއަންކަޕްވެސް ހޯދާފައިވާ މޮރޮޔާސޫ ވަނީ ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީފައެވެ. އޭނާ ވަނީ ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމަށް އޭސިއަން ގޭމްސްގެ ސިލްވަރ މެޑަލް ހޯދައިދީފައެވެ. މީގެ އިތުރުން ޖަޕާން ސީނިއަރ ޓީމާއި ހަވާލުވެ މޮރިޔަސޫ ވަނީ އޭސިއަން ކަޕްގެ ފައިނަލަށް ޖަޕާން ގެންގޮސްދީފައެވެ. އަދި މީގެ އިތުރުން މިއަހަރު ބޭއްވުނު އީއޭއެފްއެފް އީ ވަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ޖަޕާން ޓީމަށް ހޯދައި ދީފައިވެއެވެ. މޮރިޔާސޫ ވަނީ ޖަޕާނުގެ ޖޭ ލީގުގެ އެންމެ މޮޅު ކޯޗުގެ މަޤާުމު ތިން ފަހަރު ހޯދާފައެވެ. މޮރިޔާސޫ ޖަޕާން ޓީމުގެ ކޯޗުކަމާއި 2018 ވަނަ އހަރު ހަވާލުވި ފަހުން އޭނާގެ ކޯޗުކަމުގެ ދަށުން ޖަޕާން މިހާތަނަށް 57 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 39 މެޗުން މޮޅުވިއެވެ. ބަލިވީ ދިހަމެޗުންނެވެ. އަށް މެޗު ވަނީ އެއްވަރުވެފައެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ޖަޕާން ހިމެނެނީ ސްޕެއިންއާއި ޖަރުމަން އަދި ކޮސްޓަރިކާއާއި އެކުގުރޫޕު އީގައެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން މި ގުރޫޕުގެ ފޭވަރީޓަކީ ޖަރުމަނެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ފޭވަރިޓަކީ ސްޕެއިންއެވެ. ކޮންމެއަކަސް ސްޕެއިން އަދި ޖަރުމަނަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރެވެ. އެހެން ކަމުން މި ގުރޫޕުން ދެވަނަ ބުރަށް ދާނެ ދެ ޓީމަކީ މިއީ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެން ކަމުން ޖަޕާނަށް ދެވަނަ ބުރަށް ދުއުމަކީ މާ ފަސޭހަވާނެ ކަމެއް ކަމަށް ނުބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!