މިފަހަރުގެ ވޯލްޑް ކަޕަކީ ޓިއުނީސިއާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. ޑެންމާކް މީގެ ކުރިން ފަސް ވޯލްޑް ކަޕެއްގައި ކުޅެފައިވެއެވެ. އެ ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކުޅުނީ 1978 ގަ އެވެ. އޭގެ ފަހުން 1978، 1998، 2002 އަދި 2006 ގެ ވޯލްޑް ކަޕްގައި ޓިއުނީސިއާ ވާދަކުރި އެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް މުބާރާތުގައި އެޓީމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

ކޮލިފައިވީ ގޮތް

Ad
rt

ޓިއުނީސިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި މާލީއަތުން ޓިއުނީސިއާ މޮޅުވިއެވެ. ނަމަވެސް ދެވަނަ މެޗުން ވީއެއްވަރެވެ. ފުރަތަމަ މެޗު ކާމިޔާބު ކޮސްފައި އޮތުމުން ޓިއުނީސިއާއަށް ކުރި ލިބުނީ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

މުހިންމު ކުޅުންތެރިން

ޑައިލަން ބްރޮން

އުމުުރުން 27 އަހަރުގެ ޑައިލަން ބްރޮން އަކީ ޓިއުނީސިއާ ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ. އިޓަލީގެ ސަލަރނިޓަނާ އަށް މިވަގުތު ކުޅެމުން އަންނަ ޑައިލަން ލަން އަކީ ފްރެންޗް ލީގުގެ އެފްސީ މެޓްޒް އަދި ބެލްޖިއަމްގެ ޖެންޓް އަށް ވެސް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ޑައިލަން ޓިއުނީސިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. ޑައިލަން މިހާތަނަށް ޓިއުނީސިއާ އަށް 35 މެޗު ވަނީ ކުޅެދީފައެވެ. އަދި ދެ ގޯލުވެސް ވަނީ ކާމިޔާބު ކޮށްދީފައެވެ.

އެލިއެސް ސްކިރީ

އެލިސް ސްކިރީ އަކީ ޓީއުނީސިއާގައި މިވަގުތު ހުރި އެންމެ އިތުބާރު މިޑްފީލްޑަރ ކުޅުންތެރިއާއެވެ. ޖަރުމަން ބުންޑެސް ލީގާގެ އެފްސީ ކްލޯން އަށް މިވަގުތު ކުޅެމުން އަންނަ ސްކިރީ ވަނީ މީގެ ކުރިން ފްރާންސް ލީގުގެ މޮންޓްޕެލިއަރ ޔޫތް ޓީމަށާއި މޮންޓްޕެލިއަރ ސީނިއާ ޓީމަށްވެސް ކުޅެފައެވެ. ނިިމިގެން ދިޔަ އަހަރު ޓިއުނީސިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ސްކިރީ ޓިއުނީސިއާގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު ޓިއުނީސިއާގެ ސީނިއަރ ޓީމަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް ޓިއުނީސިއާއަށް ކުޅެދިން 45 މެޗުގައި ތިން ގޯލުވެސް ޖަހައިދީފައެވެ.

ކޯޗު

ޓިއުނީސިއާގެ ކޯޗު ޖަލީލް ކަދުރީ އަކީ މާ މަޝްޙޫރު ކޯޗެއް ނޫނެވެ. ކެރިއަރުގައި އެއްވެސް ކުލަބަކަށް ކުޅެފައި ނުވާ ޖަލީލް ކަދުރީ ފުރަތަމަ ވެސް ނިކުތީ ކޯޗިން ދާއިރާއަށެވެ. 2001 ވަނަ އަހަރު ކޯޗިން ދާއިރާއަށް ނިކުތް ކަދުރީ ވަނީ އަރަބި ބައެއް ގައުމުތަކުގެ ކުލަބުތަކަށާއި ޓީއުނީސިއާގެ ބައެއް ކުލަބުތަކަށް ކޯޗުކޮށް ދީފައެވެ. އޭނާ ވަނީ މީގެ ކުރިން ޓިއުނީސިއާގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗު ކޮށްދީފައެވެ. ކަދުރީ އަށް މިހާތަނަށް ކޯޗިން ދާއިރާގައި ހޯދިފައިވާ ހަމަ އެކަނި ކާމިޔާބީއަކީ މިއަހަރު ކުޅެވުނު ކިރިން ކަޕް ޓިއުނީސިއާއަށް ހޯދައިދިނުމެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ޖަލީލް ކަދުރީގެ ފުރަތަމަ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެވެ.
ޖަލީލް ކަދުރީ ޓިއުނީސިއާގެ ކޯޗު ކަމާއި ހަވާލުވީ އެޓީމުގެ އެސިސްޓެންޓް ކޯޗުގެ މަޤާމުގައި އެއް އަހަރު ހޭދަކުރުމަށް ފަހުގައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި ޓިއުނީސިއާ ހިމެނެނީ ގުރޫޕް ޑީ ގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ފްރާންސް ، އޮސްޓްރޭލިއާ އަދި ޑެންމާކެވެ. މި ގުރޫޕަކީ ޓިއުނީސިއާއަށް މާ ފަސޭހަ ގުރޫޕަކަށް ނުވާނެއެވެ. ދެވަނަ ބުރުން ފުރުސަތު ބޭނުންނަމަ އެޓީމަށް ފްރާންސް އަދި ޑެންމާކް ބަލިކުރަން ޖެހޭނެއެވެ. ނަމަވެސް މިއީ އެޓީމަށް ވުމަށްވުރެ ނުވުން ގާތްކަމެކެވެ. މި ގުރޫޕުން ދެވަނަ ބުރަށް ދިއުމަކީ ޓިއުނީސިއާއަށް މާ ފަސޭކަމަކަށް ނުވާނެއެވެ.