ކޮންމެ ކަމަކުންވެސް ދުނިޔޭގެ ރެކޯޑެއް ހެދޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ.
ހާއްސަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، އާންމުންނާއި ތަފާތު ދާއިރާތަކުން ކިޔަވައިގެން ތިބި އެކި އުމުރުގެ މީހުންނަކީ ރެކޯޑު ހެދުމާއި އެހެން މީހުންގެ އަތުގައި އޮންނަ ރެކޯޑު މުގުރާލުމުގައި ކޮންމެ ފަދަ ހަރުފަތަކަށްވެސް އަރާފާނެ ބައެކެވެ.
މިފަހަރު މިއީ އެފަދަ ދެ އެކުވެރިއަކު ކަނޑައެޅި އަޒުމަކުން ނުކުތް ނަތީޖާއެއްގެ ވާހަކަ އެވެ.
1963 ވަނަ އަހަރު އެމެރިކާގެ އުމުރުން 17 އަހަރުގެ ދެ އެކުވެރިން ކަމަށްވާ ރޭންޑީ ގާޑްނާ އާއި ބްރޫސް އެމްސީއެލިސްޓާ ނިންމީ އެންމެ ގިނައިރު ހޭލާ ހުރެގެން ދުނިޔޭގެ ރެކޯޑެއް ހަދައި އެކަމުން ނުކުންނާނެ ނަތީޖާ ބަލާށެވެ.
އޭރު އެ ރެކޯޑު އޮތީ ހަވާއީގެ ޑީޖޭއެއްގެ އަތުގައި އެވެ. އެއީ 260 ގަޑިއިރު ހޭލާ ހުރެގެންނެވެ. އެއީ 11 ދުވަހާއި 25 މިނެޓެވެ. މިއަދާއި ހަމައަށްވެސް މި ރެކޮޑް އެހެން މީހަކަށް މުގުރާލެވިފައެއް ނުވެއެވެ.
އެމީހުން ހޭލާ ހުރުމަށް އަޒުމު ކަނޑައަޅައި ހުރިހާ ކަމަކަށް ތައްޔާރުވި ނަމަވެސް ބްރޫސްއަށް އެކަމުގައި ބައިވެރިވެވޭގޮތެއް ނުވި އެވެ. އެމީހުން އެ އެކްސްޕެރިމެންޓު ހެދުމަށް ތިބީ ބާސްކެޓް ބޯކް ކޯޓެއްގައި އެވެ. ނިދިދާނެތީ ބާސްކެޓް ބޯޅަ ކުޅުމާއި ބޯލިން ކުޅުން ފަދަ ކަންތައްތައް ރޭންޑީ ކުރި އެވެ.
ރެކޯޑު ހެދުމުގެ މަސައްކަތް ފެށީންސުރެ ރޭންޑީގެ މައިންބަފައިން ދިޔައީ ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާއަށް ގެއްލުމެއް ލިބިދާނެތީ އެވާހަކަ ދައްކަމުންނެވެ. އަދި ނުނިދާ ހުރިތަން ފެނުމުން ވަރަށް ކަންބޮޑުވެފައި ތިބޭ ކަމަށް ބުންޏެވެ.
ދެ އެކުވެރިން ހީކުރިވަރަށްވުރެ އެކަން އުނދަގޫހެން ހީވުމުން އެމީހުންވަނީ އޭރުގެ ސްޓޭންފޯޑް ޔުނިވާސިޓީގެ ސްލީޕް ރިސާޗާ ވިލިއަމް ޑެމެންޑް އެމީހުންގެ ޓީމްގައި ބައިވެރި ކުރުވާފައި އެވެ. އެއީ ރޭންޑީއަށް ސިއްހީ މައްސަލައެއް ދިމާވޭތޯ އާއި ނިދޭތޯ ބެލުމުގެ މަސައްކަތް ބުރޫސްއަށް އެކަނި ނުކުރެވުމުންނެވެ.
ކާމިޔާބު ކަމާއި އެކު އޭރު، އެ ރެކޯޑު ރޭންޑީ ވަނީ 264 ގަޑިއިރު ހޭލާ ހުރެގެން މުގުރާލާފައި އެވެ. އެކަމަކު އޭގެ ނަތީޖާ ނުކުތީ ހީވެސް ނުކުރާހާ ހިތިކޮށެވެ.
ބްރޫސް ބުނީ ރެކޯޑު މުގުރާލުވުމާއި އެކު އެމީހުން ވަނީ ރޭންޑީ، ނޭވަލް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފަކަމަށެވެ. އޭނާ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި އެކު އެއްވެސް ވަރަަކަށް ނުހޭލައި 14 ގަޑިއިރު ނިދާފައިވެ އެވެ. ނިދިން ހޭލި އިރު އޭނާގެ މޫނު މައްޗަށް އަނދިރިވެ ވަރަށް ވަރުބަލި އިހުސާސެއް ވަމުންދިޔަ އެވެ. ނަމަވެސް ޔަގީންވި ކަމަކީ އެއީ ރަނގަޅު ސިއްހަތެއްގައި ހުންނަ މީހެއްގެ މޫނު މައްޗަށް އަނދިރިވެ ވާހަކަ ވަރުބައްޔެއް ނޫންކަމެވެ.
އޭގެ ފަހުން އޭނާ ރަނގަޅުކަމަށް ބަލައި ހޮސްޕިޓަލުން ދޫކޮށްލުމުން އެންމެން ގަބޫލު ކުރީ ރެކޯޑު މުގުރާލެވި ނުނިދާ ހުރުމުން ވާގޮތް ބަލަން ކުރި ދިރާސާ ކާމިޔާބު ކަމަށެވެ. އެކަމަކު އޭގެ ފަހުން އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް ރޭންޑީ ހަނދާން ނެތޭ ބަލިޖެހި، ތަންދޮރު ނޭނގުމާއި މޫނުމައްޗަށް އަނދިރިވުން ފަދަ ބަލިތައް ޖެހެން ފެށި އެވެ.
މިފަހުން މީޑިއާގައި ރޭންޑީ ބުނީ މީގެ 50 އަހަރު ކުރިން އެ ތަޖުރިބާ ނުކުރެވުނު ނަމައޭ ހިތަން އަރާކަމަށެވެ. އަދި އަބަދު އެކަންތައްތައް އޭނާގެ ކުރިމަތީގައި ވަމުންދާހެން ހީވާ ކަހަލަ ކަމަށާއި އަބަދުވެސް އެކަމާއި ފިކުރު ކުރެވި ހިތާމަ ކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!