ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ފޮނުވާލައިފި އެވެ.

ކޭއާރުއެޗް އިން ވިދާޅުވީ އެއީ ހާރޓް އެޓޭކެއް ޖެހިގެން އެހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެއްކަމަށެވެ.

Ad
rt

އެއީ ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު، ބަލި މީހާ މާލެ ފުރުވާލާފައިވަނީ މިރޭ 21:30 ހާއިރުއެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި އިތުރު ފަރުވާއަށް މާލެ ފޮނުވާ މީހުންގެ ނިސްބަތް މިފަހަކަށް އައިސް އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ. މިފަދަ ކޭސްތަކުގައި ހާޓްއެޓޭކް ޖެހޭ މީހުން ގިނައެވެ.