އެ ސިޓީއެއްގައި އެންމެ ގިނަ މަހުޖަނުން އުޅޭނީ ކޮން ސިޓީއެއްގައި ބާ އެވެ. އެންމެ އަގު ބޮޑު ސިޓީ އަކީ ކޮބާ ބާ އެވެ.
ދާދި ފަހުން، ހެންލޭ އެންޑް ޕާޓްނާސް ކުންފުނިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ މި ދެ ސުވާލަށް ޖަވާބު ދީފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީ އަކީ ސިންގަޕޫރު ނުވަތަ ހޮންގް ކޮންގެ އުސް އަގުބޮޑު އިމާރާތްތައް ބިނާކޮޮށްފައި ހުރި މަލަމަތި ރީތި ސިޓީތަކުގެ ތެރެއިނަ ތަނެއް ނޫނެނެވެ. އަދި ދުބާއީއެއްވެސް ނޫނެވެ.
އެ މަގާމު ލިބުނީ އެމެރިކާގެ ނިއުޔޯކަށެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ގިނަ މަހުޖަނުންވެސް ދިރިއުޅެނީ އެސިޓީގަ އެވެ. އެ ލިސްޓުގެ އެއްވަނަ ނިއުޔޯކަށް ލިބެނީ މަހުޖަނުން ދިރިއުޅޭލެއް ގިނަ ކަމުންނެވެ.
ނިއުޔޯކްގައި 59 ބިލިއަނަރުން އުޅެ އެވެ. 345،600 މިލިއަނަރުން އުޅޭއިރު އޭގެ ތެރޭގައި 737 ސެންޓީ މިލިއަނަރުން ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ސްޓޮކް އެކްސްޗޭންޖު ހުންނަނީ ނިއުޔޯކްގައި އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ނިއުޔޯކްގައި އަމިއްލަ މީހުންގެ މިލްކިއްޔާތުގައިވެސް ތިން ޓްރިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އެއީ އެންމެ ތަރައްގީވެފައި ގައުމުތައް ހިމެނޭ ޖީ20 ގެ ގައުމުތަކުގެ މީހުން އަތުގައިވެސް ނުހުންނަ ވަރެކެވެ.
ނިއުޔޯކަށް އެއް ވަނަ ލިބުނު އިރު ގަދަ ދިހައެއްގައި ހިމެނޭ ސިޓީތަކަކީ ޓޯކިޔޯ، ސަން ފްރެންސިސްކޯ، ބެއިޖިން، ލަންޑަން، ސިންގަޕޫރު އަދި ޗިކާގޯ، މަލީބޯ އެވެ. ދެން ހިމެނެނީ ލޮސްއެންޖަލިސް އާއި ހޮއުސްޓަން އާއި ޝަންހާއީ އެވެ.
މި ސިޓީތައް ލިސްޓުގައި ހިމެނި އިރު ބެލި އިތުރު ކަންކަމުގެ ތެރޭގައި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި، އަމިއްލަ ފަރުދުންގެ ތެރެއިން އެ މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ތިބި އަދަދެވެ.
ގެދޮރާއި ބިމަށް ބަލާއިރު ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީއަކީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ލަންޑަންގައި ބިމުގެ އަކަ މީޓަރެއް ވިއްކާ އެންމެ ދަށް އަގަކީ 51،912 ޔޫރޯއެވެ. ދެވަނައިގަ އުޅޭ ހޮންގް ކޮންގައި ބިމެއްގެ އަކަ މީޓަރެއް ވިއްކާ އެންމެ ދަށް އަގަކީ 40،000 ޔޫރޯ އެވެ. ނިއުޔޯގްގައި އަކަ މީޓަރެއްގެ ބިން ވިއްކަނީ 22،910 ޔޫރޯއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!