ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކް ސާމާނު ވިއްކާ ކްލިކް ކޮމްޕިއުޓަރސް އިން ވޯލްޑް ކަޕާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ކްލިކް ވޯލްޑްކަޕް ފިއެސްޓާ 2022" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މި އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކްލިކް ކޮމްޕިއުޓަރސް އިން ވިދާޅުވީ މި ޕްރޮމޯޝަން ގައި އެކި ބުރޭންޑުގެ އެކި ސައިޒުގެ ޓީވީ، ޕްރޮޖެކްޓަރ އަދި ޕްރޮޖެކްޓަރ ސްކްރީން ވަރަށް ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ މި ފެށޭ ވޯޅްޑްކަޕާއި ދިމާކޮށް، ވީހާވެސް އަގުހެޔޮކޮށް ޓީވީ އާއި އެހެނިހެން އިލެކްޓްރޯނިކްސް ރައްޔިތުންނަށް ފޯރުކޮށްދިނުން. އަދި ކޮލިޓީ ތަކެތި ފޯރުކޮށްދިނުން."
ކްލިކް ކޮމްޕއިޓަރސް އިން ވިދާޅުވި އެވެ.
މީގެ އިތުރުން އެފަރާތުން ވިދާޅުވީ ވޯލްޑްކަޕަކީ މުޅި ދުނިޔެއަށް ވެސް އަންނަ ކުޅިވަރުގެ އެންމެބޮޑު އެއް އީދު ކަމަށާއި އެހެންވެ، އާއިލާއާ ރައްޓެހިންނާއެކު މި ފޯރިގަދަ މުބާރާތް ބަލައިލާ، އުފާވެރި މާހައުލަކަށް މަގުފަހިކޮށްދިނުމަކީ ވެސް އެފަރާތުގެ މަގުސަދެއް ކަމަށެވެ.
މިއީ މިވަގުތު ބާޒާރުގައި މި ޓީވީތައް ލިބެން ހުރި އެންމެ ހެޔޮ އަގު ކަމަށް ކްލިކް ކޮމްޕިއުޓާސް އިން ބުނެއެވެ.
މި ސޭލްގެ ދަށުން ހައިސެންސް އާއި ސެމްސަންގާއި ސޮނީ ބްރާވިއާގެ ސްމާޓް ޓީވީ ލިބޭނެއެވެ.
ހައިސެންސް 4ކޭ ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީގެ އަގުތައް
- 65 އިންޗީގެ ޓީވީ: 13،585ރ. އަދި 13،995ރ.
- 70 އިންޗީގެ ޓީވީ: 15،395ރ.
- 75 އިންޗީގެ ޓީވީ: 20،675ރ.
- 55 އިންޗީގެ ޓީވީ: 9،260ރ. އަދި 9،380ރ.
- 58 އިންޗީގެ ޓީވީ: 9،500ރ.
- 43 އިންޗީގެ ޓީވީ: 6،500ރ.
- 50 އިންޗީގެ ޓީވީ: 8،420ރ.

ސެމްސަން ކިއުލެޑް އެންޑްއޮއިޑް ޓީވީގެ އަގުތައް:
- 55 އިންޗީގެ ޓީވީ: 18،875ރ. އަދި 23،800ރ.
- 65 އިންޗީގެ ޓީވީ: 27،650ރ. އަދި 36،040ރ.
- 75 އިންޗީގެ ޓީވީ: 88،950ރ.
- 85 އިންޗީގެ ޓީވީ: 55،295ރ.

ސެމްސަން ޔޫ އެޗްޑީ އަދި ކުރިސްޓަލް ޔުއެޗްޑީ އެންޑްއޮއިޑް ޓީވީގެ އަގުތައް:
- 50 އިންޗީގެ ޓީވީ: 11،425ރ. އަދި 13،225ރ.
- 55 އިންޗީގެ ޓީވީ: 12،400ރ. އަދި 13،225ރ.
- 58 އިންޗީގެ ޓީވީ: 13،225ރ
- 60 އިންޗީގެ ޓީވީ: 16،470ރ
- 65 އިންޗީގެ ޓީވީ: 16،600ރ. އަދި 18،050ރ.
- 75 އިންޗީގެ ޓީވީ: 26،495ރ. އަދި 28،825ރ.

ސޮނީ ބްރާވިއާގެ 75 އިންޗީގެ ޓީވީއެއް 28،920 ރުފިޔާއަށް ލިބޭނެއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބާއްވާ ވޯލްޑްކަޕް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގަ އެވެ.
ގަތަރަކީ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ މެދުއިރުމަތީ ގައުމެވެ. މި މުބާރާތައް ގާތްގަނޑަކަށް 1.2 މިލިއަން މީހުން ގަތަރަށް ޒިޔާރަތްކުރާނެކަމަށް ގަތަރުގެ ސަރުކާރުން ވަނީ ލަފާކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!