މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އުތުރުގެ އަތޮޅުތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމިނިސްޓްރީން ކުރި ޓުވީޓެއްގައި ވިދާޅުވީ، މިބައްދަލު ވުމަކީ ދާއިރާތަކުގައި ޒުވާނުންނާއި ކުޅިވަރާއި ގުޅުންހުރި ކަންބޮޑުވުންތަކާއި އެދާއިރާގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.
މިބައްދަލުވުންތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އަޙްމަދު މަޚްލޫފް އާއި އެމިނިސްޓްރީގެ އިސްވެރިންނެވެ.
ހއ. ހދ. އަދި ށ. އަތޮޅުގެ ގިނަ މެންބަރުން ބައިވެރިވެފައިވެއެވެ. މިބައްދަލުވުމުގެ ދަޢުވަތު ލިބިފައި ނުވާތީ، ނޮޅިވަރަމް ދާޢިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މޮސްޓާ ފިޔަވާ އުތުރުގެ 3 އަތޮޅުގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
Minister @AhmedMahloof met with MPs for N, R, B & LH atoll Island constituency and discussed about issues related to youth and sports in their constituency. pic.twitter.com/q5W0L2Vi54
— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 10, 2022
މީގެ އިތުރުން ނ. ތ. ބ އަދި ޅ އަތޮޅު މަޖިލިސް މެންބަރުންނާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. މިބައްދަލު ވުމުގައި ބައެއް ދާއިރާތަކުގެ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެފައިވާކަން އެމިނިސްޓްރީން އާންމު ކޮށްފައިވާ ފޮޓޯ ތަކުން ފެނެއެވެ.
Minister @AhmedMahloof met with MPs for HA, HDH, & SH atoll Island constituency and discussed about issues related to youth and sports in their constituency. pic.twitter.com/e5vUMMPZ24
— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 10, 2022
ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ޒުވާނުންނާއި ގުޅުންހުރި ކަންކަމުގައި މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ދޭތެރެއަކުން ކައުންސިލްތަކާއި ދާއިރާގެ މެންބަރުންނާއި އެކު ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!