ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ހިލޭ ކޮފީ ލިބޭ ހަރާކާތެއް ފަށައިފިއެވެ.
އެސްޓީއޯ އިން މި ހަރަކާތް ކުރިއަށްގެންދަނީ ލިލީ އެންޓަޕްރައިސް އާއި ސިޓީ އިންވެސްޓްމެންޓް އަދި އަނާ އިންވެސްޓްމެންޓް ގުޅިގެންނެވެ. އެގޮތުން ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭ ހަރަކާތެއް މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފައެވެ.
މިއަދު ހަވީރު 4:00ގައި ފެށި މިހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި މިހަރަކާތުގައި ބައިވެރިވެ، ގިފްޓް ހެމްޕާ ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
އަދި މި ހަރަކާތް ކުރިއަށްދާ ވަގުތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ކޮފީ މޭކާސް އިން ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!