ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއެފްޓީސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއި ކޮށްފިއެވެ.

އާދީއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުމެއްގައި މި މުރާބަހާ ޓްރޭޑް ފައިނޭންސް ފެސިލިޓީ އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސަލީމަ ސޮންބޮލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ.

Ad
rt

އައިޓީއެފްސީ އަކީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ވިޔަފަރާތިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ، އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ގޮތްޕެކެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި އެހީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ތެލާއި ކާޑުގެ ބާވަތްތަކާއި މެޑިކަލް ސާމާނާއި ބޭސް އެތެރެ ކުރުމަށް ފަސޭހަވެގެންދާނެ ކަމެށެވެ.

މީގެ އިތުރުން ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތަކެތީގެ އަގުވެސް ވަރަށް ބޮޑަށް އުފުލިފައިވާއިރު އައިޓީއެފްސީގެ ފެސިލިޓީ، އެ ގޮންޖެހުންތަކުން އަރައިގަންނަންނަން ލިބޭ އެހީއަކަށް ވެގެންދާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ އާއި އައިޓީއެފްސީއާ ދެމެދު މިދިޔަ ޖޫން މަހު ވެސް ވަނި ޓްރޭޑް ފައިނޭންސް ފެސިލީޓެއްގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އައިޓީއެފްސީން އެސްޓީއޯއަށް ދީފައިވަނީ 175 މިލިއަން ޑޮލަރުގެ އެހީއެކެވެ.