އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ ފްރިޖުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ “ހިޓާޗީ ފްރިޖް ޕްރޮމޯ” މިއަދު ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން ކުރިޔަށްދާނީ 5 ނޮވެމްބަރ 2022 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކުރިއަށްދާނެއެވެ.

Ad
rt

މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ކަނޑައަޅާފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. މި ގިފްޓް ވައުޗާ ގެ ދަށުން އިނާމުގެ ގޮތުގައ ސުޕަމާކެޓް އައިޓަމްތަކުގެ ތެރޭގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެތި ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ޕްރޮމޯޝަންގައި ދޭ ކޫޕަނަކީ ޑިޖިޓަލް ކޫޕަނެކެވެ.