ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އެއް ވިޔަފާރި ކުންފުންޏަކީ އެޕަލް އެވެ.

އެޕަލް ކުންފުނި އުފެއްދީ 1976 ވަނަ އަހަރު އެވެ. ކޮންމެ ވިޔަފާރިއެއް ކުރިއަރާނީ ނާކާމިޔާބަކަށް ފަހުއޭ ބުނާ ފަދައިން އެޕަލް ކުންފުނި ބޭންކްރަޕްޓު ވެފައި ވަނިކޮށް އެ ވިޔަފާރި އަލުން ކޮޅަށް ޖެހުމުގައި އެ ކުންފުނީގެ އެއް ބާނީ ސްޓީވް ޖޮބްސް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ.

Ad
rt

އެއީ 1980 ގެ ކުރީކޮޅެވެ. އެ ދުވަސް ވަރު ޖޮބްސް، މިޝައިލް މިރިޓްޒް ކިޔާ ނޫސްވެރިއަކަށް ދީފައިވާ އިންޓަވިއުއެއްގައި ކާމިޔާބަށް ވާސިލްވުމަށް ކުރެވޭނެ މުހިންމު ކުދި ކަންތައްތަކެއް ބުނެދީފަ އެވެ. އޭނާ ބުނީ ކާމިޔާބު މީހަކަށްވުމަށް މަޝްހޫރު ނުވަތަ މާ މަތީމީހަކަށް ވާހަކަށް ނުޖެހޭ ކަމަށެވެ.

ޖޮބްސް ބުނީ ކާމިޔާބު މީހަކަށްވާން ނުވަތަ ވިޔަފާރިއެއް ކުރިއަރާ ދިއުމަށް ވަރަށް ގިނަ ގޯސްތައް ހެދި ނުތަތަ ކުށްތައް ކުރެވެން ވާނެ ކަމަށެވެ. މީހާއަކީ ވަކި ހަމައެއް ހިފަހައްޓާ މީހަކަށްވެސް ގޯހެއް ނުހެދި ނުވެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކުންފުނި އަޑިއަޅާލާފައިި އޮތް އިރު އަބަދުވެސް ހިތަށް އެރީ ކަމެއް ހާސިލްވާން މާ ބޮޑު ހަކަތައެއް ދުއްވާލަން ނުޖެހޭނެ ކަމެވެ. ހިތްވަރު އެލުވާނުލާ މަޑު މަޑުން، ކާމިޔާބަށް ވާސިލް ވެވެންދެން މަސައްކަތް ކުރުން މުހިންމު ކަމަށް ބުންޏެވެ.

ހެދޭ ގޯސްތަކުން މީހުންގެ ފަރާތުން ލިބޭ ނުރުހުމާއި މަލާމާތުގެ ބަސްތަކަކީ މީހާގެ ސިކުނޑި ތަރައްގީވެ، ވިޔަފާރިއަށް ލިބޭ ކުރިއެރުމެވެ.

އޭގެ އެއް މިސާލަކީ 1993 ވަނަ އަހަރު އެޕަލް ކުންފުނީގެ ފުރަތަމަ ޓަޗް ސްކްރީން އުފެއްދުމެވެ. އޭރުގެ އެންމެ ބޮޑު ފްލޮޕަށް ވި ޓަޗް ސްކްރީނާއި ނުލައި މިއަދު އެއްވެސް ޓެކްނޮލޮޖީއެއް މީހުންނަށް ގަބޫލު ނުކުރެވެ އެވެ. ގިނަ ބަޔަކު އޭރު ގަބޫލު ކުރި ގޮތުގައި އެޕަލްއިން އުފެއްދުންތެރި އެއްވެސް އެއްޗެއް ނުއުފައްދަ އެވެ.

އެޕަލްއަށް ކަސްޓަމަރުންގެ އިތުބާރު ހޯދުނީ ކަންކަން ރަނގަޅު ކޮށްގެން ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެއީ ތަފާތު ވިސްނުންތަކުގެ އެއްޗެއްހި ޑިޒައިންކޮށް، އާންމުން އެ އުފެއްދުމެއް ބޭނުންވާ ގޮތް ބަލައިގެން އުފެއްދުމެވެ.

ސްޓީވްގެ މި ލަފާ އާއި އެއްގޮތަށް އަމަލު ކޮށްގެން ވިޔަފާރިއެއް ނުވަތަ ކޯހެއް ކުރިޔަަން ގެންދަން ބޭނުން ނަމަ އަމަލު ކުރާނެ ގޮތްތަކެއް:

އެ މަސައްކަތެއް ކުރާ އެންމެ ކާމިޔާބު ކުންފުންޏެއްގެ މަސައްކަތްތައް ބަލާށެވެ.

މިސާލަކަށް ބަލާ ކުންފުންޏެއްގެ މަސައްކަތުގައި މަދުވާ ނުވަތަ ހުރި މައްސަލަތައް ދެނެގަންނާށެވެ.

ފާހަގަވި މައްސަލަތައް އަމިއްލަ ކުންފުންޏެއްގައި ހައްލު ކުރާނެ ގޮތެއް ދެނެގަންނާށެވެ.

މި ތިން ސުވާލަށް އަމިއްލަ ވިސްނުމާއި މަސައްކަތުން ޖަވާބު ހޯދުމަށް ފަހު ވިޔަފާރި ފަށަން އުޅުމުން ކާމިޔާބަށް ވާސިލްވާން ފަސޭހަ ވާނެ އެވެ. އެކަމަކު ހުރިހާ ކަމެއް ފުރިހަމަ ކޮށްގެން ވިޔަފާރިއެއް ފަށަން މަސައްކަތް ކުރުމަކީ މޮޔަ ހިޔާލެކެވެ.

އޭގެ މިސާލުވެސް ނަގަން ވީ އެޕަލްގެ އުފެއްދުންތަކުންނެވެ. އައިފޯން ދޭކުން ފެށިގެން 10 އަށް ދިޔަ އިރުވެސް އެންމެ ފުރިހަމަ ފީޗާސްތަކެއް އަދި ބޭނުންވާ ފެންވަރަކަށް ފޯނެއް ނުއުފެއްދެ އެވެ. އަދިވެސް އެ ކުންފުނިން އެދަނީ އާ ފޯނުތަކަށް އިތުރު ފީޗާސްތައް އިތުރު ކުރަމުންނެވެ.

މިހުރިހާ ކަމެއް އެކުވެ ކާމިޔާބަށް އޮތް މަގަކީ ގޯސްތައް ހެދުމައިގެން ކުރިޔަށް ދިއުމެވެ.