ފުލުހުންނާއި ސިފައިންނާއި ދިމާކުރަން އަތުވެއްޖެނަމަ ވަގުތުން އެމީހުންނަށް "ޝޫޓް" ކުރެވެންޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނެވެ.
ޖާބިރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ތިން ފުލުހަކަށް ގޭންގަކަށް ނިސްބަތްވާ ބަޔަކު ހަމަލާދިން މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް މިއީ އެއަށްވުރެ ބޮޑަށް ބަލައި ދިރާސާކުރަންޖެހޭ މައްސަލައެއް ކަމަށެވެ.
މިއީ އެތެރޭގެ ދާހިލީ ހަމަޖެހުމާއި ގުޅުންހުރި ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ޖާބިރު ވަނީ މުޖުތަމައުގެ ސަލާމަތްތެރިކަމަށް މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަމެއް ނެތްއިރު، އާންމު ރައްޔިތަކަށް އޮތީ ކޮން ރައްކާތެރިކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ.
"ފުލުހުންނާއި ސިފައިންނަކީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވެންޖެހޭ ދެ މުވައްސަސާ"
ޖާބިރު ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުން ނެވެ. އަދި މި ބިލަށް މަޖިލީހުގެ މެމްބަރުން މިހާރުގެންދަވަނީ ބަހުސް ކުރައްވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!