ކ. ބަނޑޮހުގެ ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުއަކީ އޯކިޑް ހޯލްޑިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ކ. ބަނޑޮސް ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް ވަނީ މިހާރު ނިމިފައެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/HQmrI3ylYU
— MTCC Plc (@MTCCPlc) September 18, 2022
މި މަޝްރޫއުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!