އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިިފިއެވެ.
“ދޮވެހިއްކާ ޕްރޮމޯ”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. އަދި ޕާސިލް ބެރޭންޑްގެ ޑިޓާޖެންޓް ތިން ފުޅި ހިލޭ ލިބޭނެއެވެ.
އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަންގައި ހިޓާޗީ މެޝިނަށް ގަންނައިރު ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ނަގާ ލަކީޑްރޯގައި ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާއިރު ކޮންމެ ހަފްތާއަކުވެސް ހަތް ފަރާތެއް ހޮވައި ކޮންމެ މީހަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެއެވެ.
މި ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައު އެއްވަނަ އަށް ދާ ފަރާތަކަށް ހިޓާޗީ ފްރިޖެއް ހުށަހަޅާފައިވާއިރު ދެވަނައަށް 12000 ބީޓީޔޫގެ ހިޓާޗީ އޭސީއެއް އަދި ތިންވަނަ އަށް ހިޓާޗީ ޝަވާ ހީޓަރަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ވަނީ ހުށަހަޅަައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!