ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން މާނަކޮށްދެނީ ކޮމިއުނިޓީގެ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހިތްވަރުދީ ޝައުޤުވެރި ކުރުވުމެވެ. މިކަމަށްޓަކާ އެ ކޮމިއުނިޓީއެއްގެ ކުރިއެރުމަށްޓަކާ ރައްޔިތުންގެ ބޭނުންތަކާއި އިހްސާސްތައް ދެނެގަނެ އެކަންކަން ހާސިލުކޮށްދިނުމަށްޓަކާ މަސައްކަތް ކުރަންޖެހެއެވެ. އަދި އެ ކޮމިއުނިޓީއެއްގެ ރައްޔިތުން ހަރަކާތްތެރި ކަމާއިއެކު ކޮމިއުނިޓީގެ ކަންކަމުގައި ބައިވެރިވެެ އުޅުމަށް މަރުޙަބާ ކިޔާ ވެށްޓެއް އޮންނަންޖެހޭނެއެވެ. އަދި ކޮންމެމީހަކަށްވެސް މުހިންމު ރޯލެއް އަދާކުރެވޭނެ ފުރުޞަތުތަައް އުފައްދާ، ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ބައިވެރިވުމަށް އަމަލީގޮތުން ހިތްވަރުދީ އަދި މާނަވީ ވޮލަންޓްރީ ފުަރުޞަުތައްއުފައްދާ މިފަދަ ބައިވެރުވުމަށް ހިތްވަރުދޭން ޖެހެއެވެ.

Ad
rt

ރައްޔިތުން ބާރުވެރި ކުރުމުގެ އަސާސް ތަކުގެ ތެރެއިން ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންގެ އަމަލީ ބައިވެރިވުން މިއީ އޭގެ އެންމެ މުހިންމު އެއް އަސާސްކަމުގައި ބުނެވިދާނެއެވެ. މީގެ ސަބަބުން ހަޤީޤީ ޑިމޮކްރެސީ ޤާއިމް ކުރުމަށް މަގުފަހިކުރުމުގެ އިތުރަށް ދިރާސާތަކުން ދައްކާ ގޮތުގައި މީގެ ސަބަބުން އެންމެ ފުރިހަމަ ގޮތުގައި ވަސީލަތްތައް ހޯދާ ބޭނުންކުރުން އިތުރުކޮށްދިނުމާއި ނަތީޖާ ރަނގަޅުވުމާއި، ވޮލަންޓިއަރިޒަމް ގެ ރޫޙު އިތުރުވުމާއި އަދި ކޮމިއުނިޓީ ރޫޙު އިތުރުވުން ހިމެނެއެވެ.

ޝައުޤުވެރިކަން އުފެއްދުން

ކޮމިއުނިޓީގެ ކުރިއެރުމަށް މުހިންމު އަދި ބޭނުންތެރި ކޮންމެ ކަމަކީ ރައްޔިތުން ޝައުޤުވެރިކަން ހުރި އަދި މުހިންމު ކަމެއްކަމުގައި ނުދެކިދާނެއެވެ. އެހެންކަމަށްވާއިރު ކޮމިއުނިޓީ ހަރަކާތްތެރިކުރުވަން މަސައްކަތްކުރާ ފަރާތެްގެ އެންމެ މުހިންމު އެއްދައުރަކީ އެ ކަމަކާއި ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި އަދި ކަމުގެ ސީރިއަސް ކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމާއި އަދި އެކަމަކަށް ރައްޔިތުންގެ ސަމާލުކަން ބޮޑުކުރުމެވެ.

ރައްޔިތުންގެ ބައްދަލުވުންތައް

ރައްޔިތުންގެ ބައިވެރިވުމާއި އެކު ކަންކަން ރޭވުމާއި ވަޒަންކުރުމުގެ ގިނަ ހަރަކާތްތައް ހިގާނީ ބައްދަލުވުންތަކެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ކަންކަން ރާވާ ހިންގުމާއި ވިލަރެސްކުރުމުގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަވާލުކުރާނަމަ މިފަދަ ބައްދަލުވުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުން ވަރަށްވެސް މުހިންމެވެ. އަދި ބައްދަލުވުން ކުރިޔަށް ގެންދާ ފަރާތުގެ ކިބައިގައި މިފަދަ ބައްދަލުވުންތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރުމަކީ މުހިންމު ކަމެކެވެ.

ރައްޔިތުންގެ ޤާބިލްކަން އިތުރުކުރުން

ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހޯދުމަށްޓަކާ ރައްޔިތުންގެ ޤާބިލްކަން އިތުރުކުރުމަކީވެސް މުހިންމުކަމެކެވެ. މިގޮތުން ރައްޔިތުންގެ ކިބާގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ޤާބިލްކަން އުފެއްދުމަށްޓަކާ ތަފާތު ދާއިރާތަކުން ރައްޔިތުންގެ ހުނަރު އިތުރުކުރުމަކީ މުހިންމު ކަމެކެވެ.