އަތޮޅުތެރޭގެ ރަށްތަކެއްގައި ފާމަސީތައް ގާއިމްކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީ އެސްޓީއޯއާ ދެމެދު ވަނީ މިއަދު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ޕްރޮޖެކްޓުގެ 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށް ފަހު އާ ފަމަސީތައް ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ހުޅުވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ފާމަސީތައް ގާއިމް ކުރާ ރަށްތަކަކީ
- މ. މަޑުއްވަރި
- އދ.ދިގުރަށް
- ހއ. ތުރާކުނު
- މ.ރަތްމަންދޫ
- ހއ.ތަކަންދޫ
- ތ.އޮމަދޫ
- ގއ.ކަނޑުހުޅުދޫ
- މ.ކޮޅުފުށި
- ގއ.ކޮލަމާފުށި
- ބ.ދޮންފަނު
- ނ.ލަނދޫ
އެސްޓީއޯއިން މިހާރު ވެސް އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފާމަސީގެ ހިދުމަތް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!