ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ "ޓަޑަލަފިލް" އަފި "ސިލްޑެނަފިލް" ހިމެނޭ މާމުއި ވިއްކުމާ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން މަނާކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ މި ދެ ބާވަތް ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަވެފައި ކަމަށެވެ.
ނަމަވެސް މީގެން ބައެއް އުފެއްދުންތަކަކީ ފްރޯޑްކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓްކޮށްފައިވާ ކަމަށެވެ.
"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަން"
އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.
އެމްއެފްޑީއޭއިން ވަނީ، ރާއްޖޭގައި ވިއްކަމުންދާ އެ މާއްދާ ހިމެނޭ މާމުއިގެ ބާވަތްތަކުގެ ފޮޓޯ ހިމެނޭ ލިސްޓެއް ވެސް އެލާޓާއެކު ހިމަނާފަ އެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ އެއިދާރާގެގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެދިފައިވެ އެވެ.
ދެޖިންސަށް އަމާޒުކޮށްގެން އެކި ބުރޭންޑްތަކުގެ މާމުއި އޮންލައިންކޮންނާއި ފިހާރަތަކުން މީގެ ކުރިން ލިބެން ހުރިކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!