މި މަހު ބާއްވާ މޯލްޑިވްސް ހާފް މެރަތަންގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 9 އަދިި 10 ވަނަ ދުވަހު ހުޅުމާލޭގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ދުވުމުގެ މި އިވެންޓުގައި ހާފް މެރެތަން (21 ކިލޯމީޓަރު) އާއި 15 ކިލޯމީޓަރާއި، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަން ހިމެނެއެވެ.
މީގެ އިތުރުން އިންލައިން ސްކޭޓިން އާއި ވީލްޗެއާ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖެއާއިި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް އާންމުކޮށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ އިވެންޓެކެވެ.
މި ދުވުމުގައި ބައިވެރިވާ މީހުންނަށް ދުވުމުގެ ކިޓް މޫލީ މެދުވެރިކޮށް ލިބޭއިރު، ޓީޝާޓް އުރީދޫއިން ޑެލިވަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ވެސް މޫލީ މެދުވެރިކޮށް ހަވާލުކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!