War
އެމެރިކާގެ އަސްކަރީ ޑްރޯނެއް އީރާނުން އަނެއްކާވެސް ވައްޓާލައިފި
އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ 'އެމްކިއު-9' މަރުކާގެ ޑްރޯނެއް އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން އަނެއްކާވެސް ވައްޓާލައިފި ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ. މި އުޅަނދު ވައްޓާލާފައިވަނީ ހޮރުމުޒްގާން ޕްރޮވިންސްގެ ގޭޝްމް ޖަޒީރާގެ ވައިގެ ސަރަހައްދުންނެވެ.