ސަމާލުވޭ! މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 21:00 އާ ހަމައަށެވެ. ރާއްޖޭގެ […]