Thiladhunmathi News
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ
ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރު...