Thiladhunmathi News
"ޝާޢިރުންގެ ވާދީން" ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 1 ވަނަ މުނައްވަރަށް
“ޝާޢިރުންގެ ވާދީ”އިން މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 1 ވަނަ ހދ. ކުޅުދުއްފުށީ ސިޓީ، ރިއޯ، އަޙްމަދު މުނައްވަރު މުޙައްމަދު ހޯދައިފިއެވެ. މުނައްވަރަކީ ވަރަށް ގިނަ ރީތި ޅެންތައް ފަށުވި އިބާރާތުން ލިޔެ، މީސް މީޑިއާއަށް ދޫކުރަމުންދާ ކުޅަދާނަ ޅެންވެރިއެއް ވެސް މެއެވެ. މީގެއިތުރުން އޭނާއަކީ ޖަމާއަތްތެރިއެއްގެ ގޮތުން ވެސް ގިނަ ބަޔަކު ދަންނަ ޚިދުމަތްތެރި މޫނެކެވެ. އޭނާ ދަނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭ ސަހަރާގައި ވެސް މަސައްކަތް ކުރަމުންނެވެ. […]