ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ވިޓްކޮފް އާއި ކުޝްނަރ، އަދި އީރާނުގެ ފަރާތުން އަރާގްޗީ އާއި ގާލީބާފް
އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަރިފުޅުގެ ފިރިމީހާ ޖެރެޑް ކުޝްނަރ، ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހަނގުރާމަވެރި ދެ ފަރާތުގެ މެދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަ...