ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި
ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖ...