މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
''ޗައިނާ-ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާނެއް ނޫން، ދިވެހިންގެ ދިރިއުޅުމުން ފެންނަ ކަމެއް''
Raajje

''ޗައިނާ-ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާނެއް ނޫން، ދިވެހިންގެ ދިރިއުޅުމުން ފެންނަ ކަމެއް''

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ލިޔެކިޔުންތަކާއި ޚާރިޖީ ބަޔާންތަކަކުން ނިންމާލެވޭނެ ގުޅުމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސީދާ ފެންނަމުންދާ ބަދަހި ގުޅުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސް...

''ސައޫދީއަކީ އިތުބާރުކުރެވޭ ބައިވެރިއެއް، އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާވާނެ''
Raajje

''ސައޫދީއަކީ އިތުބާރުކުރެވޭ ބައިވެރިއެއް، އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާވާނެ''

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށާއި، ވަލީއަޙްދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި ސަޢޫދީއަކީ އަބަދުވެސް ދިވެހިރާއްޖެއިން ނުހަނު އިތުބާރުކުރާ، ޤަދަރުވެރި ބައިވެރިއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ދެ ޙަރަމްފުޅުގެ ޚާދިމް ރަސްގެފާނަށާއި ވަލީއަޙްދު އަދި ބޮޑުވަޒީރަށް ރައީސް މުޢިއ...

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ
Raajje

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ

“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން...

''1965 ގައި ހޯދީ ބަލައިގަތުން، މިއަދު ރާއްޖެ އޮތީ އދ. ބައްޓަންކުރާ އިސް ސަފުގައި'' 
Raajje

''1965 ގައި ހޯދީ ބަލައިގަތުން، މިއަދު ރާއްޖެ އޮތީ އދ. ބައްޓަންކުރާ އިސް ސަފުގައި'' 

އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބިފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ. ރައީސްގެ ...

ޔޫއޭއީގެ ޝައިޚް އަޙްމަދު އަވަހާރަވުމުން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި
Raajje

ޔޫއޭއީގެ ޝައިޚް އަޙްމަދު އަވަހާރަވުމުން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ދުބައިގެ ވެރިޔާ، ނައިބު ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އަޚް، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، ޝާހީ އާއިލާއަށް އަދި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާއާއި ހަމްދަރުދީ […]

ޑރ.މުހައްމަދު ޢަލީ އަވަހާރަވެއްޖެ، ރައީސްގެ ތަޢުޒިޔާ
Raajje

ޑރ.މުހައްމަދު ޢަލީ އަވަހާރަވެއްޖެ، ރައީސްގެ ތަޢުޒިޔާ

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޢުލީމީ އަދި ޚިދުމަތްތެރި ބޭފުޅެއް ކަމަށްވާ ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެއެވެ. އުމުރުން 67 އަހަރުގައި އޭނާ އަވަހާރަވީ މިރޭ އައިޖީއެމްއެޗްގައެވެ. ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވ...

ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން: ރައީސް
Raajje

ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން: ރައީސް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތު ކަމަށާއި، މާޒީއާއި މިހާރުގެ ކަންކަމަށް ބަލާއިރު ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ އެ ޕާޓީއާއެކު ކުރިއަށްދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާ ޤައުމިއްޔަތުގެ މ...

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
Raajje

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިރޭ އަރުވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ޕާޓީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް […]

އަންވަރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ވަނީ ފެށިފައި: ރައީސް
Raajje

އަންވަރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ވަނީ ފެށިފައި: ރައީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއް ރީޕޯސްޓް ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގ...

ސަރުކާރުން އަލަށް އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ
Raajje

ސަރުކާރުން އަލަށް އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

ސަރުކާރުން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބައިވެރިވި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ވަނީ އެމީހުންނަށް ދިމާވާ ތަކުލީފުތައް ރައީސްއަށް ހިއްސާކޮށްފައެވެ. އެގޮތުން އެމީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއ...

އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް
Raajje

އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މުރާޖައާކުރާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަނުވާނެ ގޮތަށް މުސާރަތައް ކަނޑައެޅުއްވުމަށް އަންގަވާފައިވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގެ ހަވަނަ އެޕިސޯޑްގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރ...

150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި
Raajje

150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓު ހަމަޖެއްސުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ތިން ފަހަރު މަތިން ނަގާފައިވާ ލޯނެކެވެ. ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު […]

ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން ވަރލްޑް ބޭންކު އޮތީ ތައްޔާރަށް: ނައިބު ރައީސް ޒުޓް
Raajje

ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން ވަރލްޑް ބޭންކު އޮތީ ތައްޔާރަށް: ނައިބު ރައީސް ޒުޓް

ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ސަރަޙައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވ...

އިސްރާއީލުގެ އަސްކަރިއްޔާއަށް އެހީވާ އެއްވެސް މުދަލެއް މެލޭޝިއާ މަގުން އުފުލިޔަ ނުދޭނަން: އަންވަރު
International

އިސްރާއީލުގެ އަސްކަރިއްޔާއަށް އެހީވާ އެއްވެސް މުދަލެއް މެލޭޝިއާ މަގުން އުފުލިޔަ ނުދޭނަން: އަންވަރު

އިސްރާއީލުން ހިންގާ އަސްކަރީ އުދުވާންތަކަށް އެހީތެރިކަން ފޯރުކޮށްދޭ ނުވަތަ އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރާ އެއްވެސް މުދަލެއް މެލޭޝިއާ މަގުން އުފުލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ދާތޯ ސެރީ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު އަންވަރު މީސްމީޑިއާ މަންސަ އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށެއްނެތް އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަސްކަރީ އުދުވާންތަކަށް އެހީތެރިވުމަށް މެލޭޝިއާގެ ސަރަހައްދު ބޭނުންކުރުން ހުއްޓުވުމުގައި...

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ވަފުދެއް ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
News

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ވަފުދެއް ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ޕީ.ސީ) ގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން ހުންނެވި އެ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކުރިއަށްގެންދެވި، މި ބައްދަލުކުރެއްވުމުގައި ވަފުދުގެ އިސްވެރިޔާ ޕެންގް ޝިއުބިން ދެއްކެވި ވާހަކަފުޅުގައި،...