ކިމް ދިރިހުރިކަން ސާބިތުކޮށްދޭން އުތުރު ކޮރެއާއިން ކުއްލި ގޮތަކަށް އާ ފޮޓޯތަކެއް އާންމުކޮށްފި
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިކުނޑިއަށް ލޭއެޅިގެން އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން، އެމަނިކުފާނު ދުނިޔޭގައި ހުންނެވިކަން ހާމަކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށްފިއެވެ. މި ފޮޓޯތަކުން ފެންނަނީ ވެރިރަށް ޕިޔޮންގޔަންގުގައި ބޭއްވި އަންނައުނާއި ފައިވާނުގެ މައުރަޒެއް އެމަނިކުފާނު ބައްލަވާލައްވަން ހުންނަވަނިކޮށެވެ. ކިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު އަޑުތަކެއް ފެތުރެން ފެށީ އެމެރިކާގ...