ބޮޑުބާޒާރަށް ދާން އުތީމު ކައުންސިލުން ހިލޭ ދަތުރެއް؛ ފުރަތަމަ 100 މީހުންނަށް ޖާގަ
ބޮޑުތިލަދުންމަތީ ބޮޑުބާޒާރަށް ދިއުމަށް ހއ. އުތީމު ކައުންސިލުން ހިލޭ ދަތުރެއް ހަމަޖައްސައިފިއެވެ. ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަށް ދާން ބޭނުންވާ އުތީމު ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އުތީމު ކައުންސިލުން ކުޅުދުއްފުށްޓަށް ޚާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ. އުތީމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވެވޭނީ ފުރަން ނިކުންނަ ފުރަތަމަ 100 މީހުންނަށެވެ. މި ދަތުރު ބޭއްވުމަށ...