މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި
ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބ...