މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާ ބަސްތައް ރަސްމީކޮށް ބަހުގެ ޚިދުމަތާއި ގުޅި އާ ދެ ބަސް ރޫޓެއްގެ ޚިދުމަތް ދިނުމަށް ތާވަލުކޮށްފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ބަހުގެ ޚިދުމަތާއި ގުޅުނު އާ ބަސްތައް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުއެވެ.

Ad
rt

މި ބަދަލާއެކު 30 ސެޕްޓެމްރު 2021 ވަނަ ދުވަހު ހުޅުމާލެ ދެވަނަ
ފިޔަވައްސަށް ތައާރަފު ކުރި ބަހުގެ ޚިދުމަތް ފުޅާވެ، ގްރޭޓާ މާލެ ސަރަހައްދުގައި މިހާރު ދެމުންގެންދާ 6 ރޫޓުގެ ބަދަލުގައި 8 ރޫޓެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާކަށް ދަތުރުކުރާ ޑައިރެކްޓް ބަސް ރޫޓް މިހާރު އޮޕަރޭޓް ކުރެވެމުންދާ އަވަސްމިން ޕީކް ގަޑީގައި 15 މިނިޓަށް އަދި އޮފް ޕީކް ގަޑީގައި 20 މިނެޓަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު ކުރި ދެ ރޫޓަކީ ކާނިވާ ސަރަހައްދާއި އެއާޕޯޓެވެ.

އެމްޓީސީސީން މި ހިދުމަތް ދިނުމަށް އަލަށް ގެނައި 15 ޑަބަލް ޑެކް ބަހާއެކު އެ ކުންފުނީގެ ފްލިޓު ވަނީ 46 އަށް އިތުރުވެފައެވެ. މި ބަސްތަކުން ދަތުރަކަށް ކަނޑައަޅާފައިވަނީ ފަސިންޖަރަކަށް 15 ރުފިޔާއެވެ. މިހާރުވެސް ބޭނުންކުރަމުން އަންނަ ބަސް ކާޑު އާ ރޫޓުތަކުން ވެސް ހިދުމަތް ލިބޭނެ ކަމަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

ހުޅުމާލެ ދެވަމަ ފިޔަވަހިން މާލޭގެ ދެ ރޫޓައް ބަހުގެ ދަތުރުތައް ކުރާނީ ފަތިހު 5:45 އިން ރޭގަނޑު 11:30 އަށެވެ. އަދި އެއާޕޯޓަށް ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށް ކޮންމެ އެއް ގަޑިއިރަކުން ދަތުރުތައް އޮންނާނެއެވެ.